ދިވެހިރާއްޖެ
މ.މަޑުއްވަރީ ކައުންސިލްއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ، އަމިއްލަތަކެތީގައި މ.މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެ ކުރެވުނު މި އިދާރާގެ ނަންބަރު (IUL)369-AS/369/2023/01 ( 12 ޖަނަވަރީ 2023 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުއްވި ފަރާތްތަށް މަދުކަމާއި ، ލިބިފައިވާ ބީލަންތަކުން ފާސްވާ މިންވަރަށް ލިޔެކިޔުންތަށް ހަމަކޮށް ހުށަހަޅުއްވާފައިވަނީ 1 ( އެކެއް ) ފަރާތުން ކަމަށްވާތީ ދެވަނަ ފަހަރަށް މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަންތަށް ކުރިއަށްގެންދާނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"
- މިނިސްޓްރީ އޮފް ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"
- މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"
- މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މި މަސައްކަތްކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ފޮތް ހަވާލުކުރުމަށްހަމަޖެހިފައިވަނީ ، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންގައެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 05 ފެބުރުއަރީ 2023 ވަނަ ދުވަހުގެ 13:30 ގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނި މާލަމުގައެވެ.
- މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 27165.00 ( ހަތާވީސް ހާސް އެއްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕާރޕޯމެންސް ގެރެންޓީ ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.
ބިޑުތައް ހުޅުވުން އޮންނާނީ 15 ފެބުރުއަރީ 2023 ވާ ބުދަ ދުވަހުގެ 13:15 ގައި މި އިދާރާގެ ދަސްވަނި މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.