ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ގެތަކުގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ.

ނަންބަރ: (IUL)258/258/2023/21            

 

އިޢުލާން

    

 

މިރަށު ގެތަކުގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ.

 

 

ރަށުގައި ދިރިއުޅޭ ފަރާތްތަކަށް، ސަރުކާރުގެ އިދާރާތަކަށް، އަދި ދަތުރުވެރިންނަށާއި އެހެނިހެން ފަރާތަތަކަށް ރަށުގެ އެކި ސަރަޙައްދުތައް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެތަކުގެ ނަންބޯޑު ބޭރަށް ފެންނާނެހެން ހުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

         ވީމާ 16 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިރަށުގެ ހުރިހާ ގޯތި ގެދޮރުގައި އެގެއަކަށް ދެވިފައިވާ ތަރުތީބު ނަންބަރާއި އެކު ގޭގެނަން ބޭރަށް ފެންނާނެހެން ނަންބޯޑު ހަރުކުރުމަށް އެދި ދަންނަވަމެވެ.

                  ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

09  ރަޖަބު  1444

31 ޖަނަވަރީ 2023

31 ޖަނަވަރީ 2023
ހޯދާ