ދިވެހިރާއްޖެ
އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ޕްރޮޖެކްޓް
ޕްރޮޖެކްޓް ކޯޑިނޭޓަރ (ހާބަރ ރީކޮންސްޓްރަކްޝަން)
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި.) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ޕްރޮޖެކްޓްގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް 02 އަހަރު ދުވަހުގެ ކޮންޓްރެކްޓް މުއްދަތަށް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމަށް ބޭނުންވެއެވެ.
މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 2023 ފެބުރުވަރީ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް:[email protected]
މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓްގައި www.planning.gov.mv އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.