ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު G2/T/01 (ތެޔޮގުދަން) އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

ޅ.ނައިފަރު G2/T/01 އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މިކައުންސިލްގެ ނަންބަރ: (IUL)327-C/327/2023/33 (‏23 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ކަރުދާހަށް ވަނީ ބައެއް  ބަދަލުތައް ގެނެވިފައެވެ. މަޢުލޫމާތު ކަރުދާހުގެ ސެންޝަން1 ގެ ބީލަން ޝީޓުގެ 8.1 ވަނަ މާއްދާގެ ތާރީޙް އިސްލާހުކުރެވި، ބަދަލު ގެނެވިފައިވާ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓްރީކުރެއްވި ފަރާތްތަކަށް އީމެއިލްކުރުމުގެ އިތުރުން މިއިދާރާގެ ވެބްސައިޓްގައި އާއްމުކުރެވިފައިވާނެއެވެ. މިކައުންސިލްގެ ނަންބަރ: (IUL)327-C/327/2023/33 އިއުލާނާއި ގުލިގެން ބީލަމުގެ ރަޖިސްޓްރީކުރެއްވި ފަރާތްތަކުން އަލުން ބީލަމުގައި ރަޖިސްޓްރީ ކުރަންނުޖެހޭނެއެވެ.

ވީމާ، މިއިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އާންމުކުރީމެވެ.

31 ޖަނަވަރީ 2023
ހޯދާ