މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                  ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން 05-08 މާރިޗު 2023 އަށް މ. މުލީ ގައި ތަމްރީނު ޕްރޮގްރާމެއް ހިންގުމަވަނީ ހަމަޖެހިފައެވެ. ވީމާ މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށާއި، ޕްރޮގްރާމް ހިންގަވަން ވަޑައިގަންނަވާ ފެސިލިޓޭޓަރުންނަށް ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚް ތަކާއި، ގަޑިތަކުގައި މި އިދާރާއަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރަށްވާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

05 ފެބުރުއަރީ 2023

( އާދީއްތަ ) 11:00

މި އިދާރާ (މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ)

އަންދާސީ ހިސާބު ހުށަހެޅުން

09 ފެބުރުއަރީ 2023

( ބުރާސްފަތި) 11:00

މި އިދާރާ (މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ)

 

                  މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

31 ޖަނަވަރީ 2023

31 ޖަނަވަރީ 2023
ހޯދާ