ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕަރސަންސް ވިތު ޑިސްއެބިލިޓީ ގޭމްސް 2023" އާއިގުޅޭ

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕާރސަންސް ވިތު ޑިސްއޭބިލިޓީސް ގޭމްސް 2023" އާއިގުޅޭ

  މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ދިވެހިރާއްޖޭގައި ޙާއްޞައެހީއަށް ބޭނުންވާ

ފަރާތްތަކަށް އަމާޒުކޮށްގެން މާލޭގައި "ޕަރސަންސް ވިތު ޑިސްއެބިލިޓީ ގޭމްސް 2023" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  މުޅިރާއްޖޭގެ ކޮންމެ ރަށެއް ހިމެނޭގޮތައް 2023 މެއި މަހުގެ 6،5،4 މި ތިން ދުވަހުގެ މުއްދަތަށް މާލޭގައި މިގޭމްސް އޮންނާނެއެވެ.

  މިގޭމްސްގައި ހިމެނޭ ކުޅިވަރު ތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ސްވިމިންގ، ބޮޝީ އަދި ބޮޝިއާއެވެ.

 

  މިގޭމްސްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ކުރެންދޫގެ ރަށްވެހިން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތު  [email protected] އަށް 05 ފެބުރުވަރީ 2023 ގެ

ހެނދުނު 09:00 ކުރިން ފޮނުއްވުމަށް ދެންނެވީމެވެ.

ނަމާއި އެޑްރެސް:

އައި.ޑީ ކާޑު ނަންބަރު:

ފޯން ނަންބަރު:

ބައިވެރިވާން ގަސްތުކުރާ ކުޅިވަރު:

ނުކުޅެދުންތެރިކަމުގެ ބާވަތް:

(މިސާލު: ޖިސްމާނީ، ނަފްސާނީ ، ފެނުމުގެ، އިވުމުގެ، ސެރެބްރަލް ޕަލްސީ)

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޖަނަވަރީ 2023
ހޯދާ