ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓެލްކޯ ހުޅުމާލެ ކަސްޓަމަރ ސަރވިސް ޚިދުމަތް ހުޅުމާލެ އެޕޯލޯ ޓަވަރަށް ބަދަލު ކުރުން
މިކުންފުނިން ހުޅުމާލޭ އެޗް.ޑީ.ސީ ބިލްޑިންގގައި، ކަސްޓަމަރ ސަރވިސް ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އޮފީސް ހުޅުމާލޭ އެޕޯލޯ ޓަވަރަށް ބަދަލުވުމާ ގުޅިގެން، އެ އޮފީހުން ދެމުން ގެންދާ ހުރިހާ ޚިދުމަތެއް 2023 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން ދެމުން ގެންދާނީ ހުޅުމާލޭ އެޕޯލޯ ޓަވަރުގެ 1 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކަސްޓަމަރ ސަރވިސް އޮފީހުން ކަމުގައި ދެންނެވީމެވެ.
ވީމާ، މިވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
31 ޖަނަވަރީ 2023
ހޯދާ