ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލައިސަންސް ޓްރެކް ތަޅުން އެޅުން
މިއަތޮޅު ނިލަންދޫގައި އޭ-ޒޯން ލައިސަންސް ދޫކުރުމަށް ހަދަމުންދާ ޓްރެކްގެ އުޅަނދު ދުއްވާ ސަރަހައްދުގައި އަމިއްލަ ތަކެތީގައި ކޮންކްރީޓް ތަޅުމެއް (ތުނިވެގެން 03 އިންޗި ބޯމިނުގައި) އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި، އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
- މި މަސައްކަތުގެ އަންދާސީ ހިސާބާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "އޭ-ޒޯން ލައިސަންސް ޓެރެކް ތަޅުން އެޅުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަންބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.
07 ރަޖަބު 1444
29 ޖަނަވަރީ 2023
29 ޖަނަވަރީ 2023
ހޯދާ