ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭނުންކުރާ މެނޭޖްމަންޓް ސޮފްޓްވެއަރގެ ލައިސެންސް (Brahler OS Software) ހަމަވުމާއި ގުޅިގެން ލައިސަންސް އައު ކުރުމަށް ބޭނުންވާތީ މި ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

            ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭނުންކުރާ މެނޭޖްމަންޓް ސޮފްޓްވެއަރގެ ލައިސެންސް (Brahler OS Software) ހަމަވުމާ ގުޅިގެން ލައިސަންސް އައު ކުރުމަށް ބޭނުންވާތީ މި ހިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

https://forms.office.com/r/Bx2mdhMvuj

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް ،19 ފެބުރުވަރީ  2023 ވާ  އާދީއްތަ ދުވަހުގެ 23:59 ގެ ކުރިންނެވެ.

ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

ޕްރީބިޑު މީޓިންގ

މި މަސައްކަތާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބީލަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ،20 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމުން، 21 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، 

 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

 

30 ޖަނަވަރީ 2023
ހޯދާ