މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބިގެ ފެންޑާގައި ދޮެުހަރުކުރުމާއިބެހޭ

އިޢުލާން

އައްވާބި މިސްކިތުގެ ފެންޑާގައި އެލުމެނިއަމް ދޮރު ހަރުކުރުން

މިރަށު މަސްޖިދުލް އައްވާބިގެ ފެންޑާގައި މިއިދާރާއިން ދޭ އެލުމެނިއަމް ދޮރުތަށް ހަރުކުރުމަށް ބޭނުންވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން މަސައްކަތުގެ މައުލޫމާތުގައި ވާގޮތަށް ދޮރާއި ދޮރުފަތް ފިޔަވާ އެހެން މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

30  ޖެނުއަރީ 2023 އިން  05 ފެބުރުއަރީ 2023 އަށް  (ރަސްމީގަޑީގައި)

9:00 އިން 13:00 އަށް

އަންދާސީ ހިސާބު ބަލައިގަތުން

08 ފެބުރުއަރީ 2023

ބުދަ

11:00

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035  ފޯނާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއި އެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީހުށައަޅަން ވާނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

 

މާރކްސްދެވޭ ކްރައިޓީރިއަ

ތަފުސީލް

މާކްސް ދެވޭ ގޮތް

ފޯރމިއުލަރ

 

 

އަގު

  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން
  • ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ ޕަސެންޓޭޖް ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ

 

 

60%

   

       ބެންޗްމާރކްއަގު

60 x

        ހުށަހެޅިއަގު

 

 

މުއްދަތު

  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ ޕަސެންޓޭޖް ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހާލައިގެނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ މުއްދަތަށެވެ.

 

 

   35%

 

 

  

     ބެންޗްމާރކްމުއްދަތު

35 x

      ހުށަހެޅިމުއްދަތު

 

 

 

 

 

ތަޖުރިބާ

  • ބެންޗްމާކެއް ކަމުގައި ބަލާނީ ލިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލިޔުންތަކުގައިވާ މަސައްކަތްތަކުގެ ޖުމްލަ އަގު އެންމެ މަތީ ފަރާތުގެ އަގެވެ.
  • ތަޖުރިބާގެ ގޮތުގައި ބަލާނީ ކޮށް ނިންމާފައިވާ މަސައްކަތުގެ އަގު -/15000 ރުފިޔާއަށްވުރެ މަތީ އަގުގެ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށެވެ. -/15000 ރުފިޔާއަށްވުރެ ދަށުގެ މަސައްކަތްތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. މިގޮތުން އެންމެ ގިނަ ޕޮއިންޓް ދެވޭނީ، ޕޮއިންޓްދެވޭ ލިޔުންތަކުގައިވާ މަސައްކަތްތަކުގެ ޖުމްލަ އަގު އެންމެ މަތީ ފަރާތަކަށެވެ.

 

 

 

 

05%

 

 

 

   ހުށަހެޅިލިޔުންތަކުގެއަގު

05x

     ލިޔުންތަކުގެބެންޗްމާކްއަގު

 

ކުރަންޖެހޭ މަސައްކަތްތައް:


-  ރާނާ ސިމެންތި ޖެހުން

-         ކޮންކްރީޓް އެޅުން

-          ދޮރާއި ދޮރުފަތް ހަރުކުރުން

-          ސިމެންތި ބޭނުންކުރާ ހިސާބުގައި ވޯލްސީލް ލުން

 

ދެވިފައިވާ ކުރެހުމާއި އެއްގޮތަށް  މަސައްކަތް ކުރަންވީގޮތް:

 

1-     ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް:

  • ޢިމާރާތުގެ ބޭރުގެ ފާރުތައް ރޭނުމަށް ބޭނުން ކުރަންވާނީ "4×"6×'1  ގެ  ސިމެންތިގަލެވެ.
  • ދޮރާއި ތަނބާއި ދެމެދު ޖާގައިގަ ދެފަރާތުގައި ބައެއް ދޮރުގެ އުސްމިނަށް "6×"6×'1  ގެ ސިމެންތިގާ ބޭނުން ކުރަން ޖެހޭނެއެވެ.
  • ރޭނުމަށާއި ގާއެޅުމަށް ސާފް ރާޅު (ކަށިވެލި) ދޮންވެލި ބޭނުންކުރެވިދާނެއެވެ.
  • ގާއެޅުމަށް ސިމެންތި ގަށަންވާނީ 1 ސިމެންތިއަށް 5 ވެލީގެ ރޭޝިއޯއަށެވެ. ( ހަބައިކުޅަ 1 ބައި)
  • ރޭނުމަށް ސިމެންތި ގަށަންވާނީ 1 ސިމެންތިއަށް 4 ވެލީގެ ރޭޝިއޯއަށެވެ. ( ފަސްބައި ކުޅަ 1 ބައި)
  • ކުރެހުމުގައިވާގޮތަށް ޢިމާރާތުގެ ފެންޑާގެ ބޭރު ފާރުގެ  ކޮންމެ ދެ ތަނބެއްގެ ދޭތެރެ، މިހާރުހުރި ފާރު ބުރި މަތިން ފެށިގެން ދޮރުގެ އުސްމިނުގައި ( ދޮރުގެ ދެފަރާތުފާރުބުރިތަކުގެ މައްޗަށް އަރާގޮތަށް)  "4އިންޗި ފުޅާ "7 އިންޗި އުސް އަދި އެއްތަނބުން އަނެއްތަނބާއި ހަމަޔަށް ފޯރާ ދިގުމިނުގައި ކޮންކްރީޓް ބެރިއެއް އަޅާ ބެރިމަތީގައި ވާ ހުސްޖާގަ ރާނާ ސިމެންތި ޖަހަންވާނެއެވެ.
  • އަލަށް ހަރުކުރާ ދޮރުތަކުގެ މަތީގައި  ސިމެންތިން ( ފާރުގެ ބޭރުން ފެންނާނެހެން) ކުރެހުމުގައި ވާގޮތަށް ބޯޑަރއެއް ހަދަންވާނެއެވެ.
  • ރޭނުމަށް ސިމެންތި ގަށަންވާނީ ލޮނުކަމެއްނެތް ސާފު ފެނުގައެވެ.
  • ދޮރުތައް ބެހެއްޓުމަށް ރާނަންޖެހޭ ބައިތަށް ރާނަން ވާނީ ކޮންމެ ދެދޮރެއްގެ ދޭތެރެ އެއްވަރުވަރު ވާގޮތަށް ބަލައިގެން ކުރެހުމުގައި ވާ މިންތަކަށެވެ.

 

2-     ކޮންކްރީޓްގެ މަސައްކަތްތައް:

 

  • ކުރެހުމުގައި ކޮންކްރީޓް ކުރަންޖެހޭ ކަމަށް ބުނެފައިވާ ހުރިހާތަނެއް ކޮންކްރީޓް ގަށަންވާނީ (1ސިމެންތި، 2ވެލި، 3 ހިލަ) 1.2.3 ގެ ރޭޝިއޯއަށެވެ.
  • ކޮންކްރީޓް ގަށަންވާނީ ކިސަޑާއި ކުނިނެތް ސާފު ހިލަޔާއި، ހިލަވެލި ބަރާބަރު މިނަށް އަޅައިގެންނެވެ.
  • ކޮންކްރީޓް ދަގަނޑަށް ބޭނުންކުރަންވާނީ 10މމ ގެ  ދަބަރު ޖަހާފައިނެތް ދަގަނޑެވެ.
  • ރިންގް ދަގަނޑަށް ބޭނުންކުރަންވާނީ 6 އެމް.އެމްގެ ދަގަނޑެވެ.
  • ރިންގް ބަންނަންވާނީ ދެރިންގް ދޭތެރޭގައި 6 އިންޗީގެ ދުރުމިން ހުންނަގޮތަށެވެ.
  • ކޮންކްރީޓް ތެރެއަށް ދަގަނޑުލާންޖެހޭ ހުރިހާތަނަކަށް ދަގަނޑު ލައްވާނީ "3 އިންޗި ފުޅާމިނުގައި 2 ދަގަނޑު ގައި ރިންގ ބަނދެގެންނެވެ.

 

3-     ދޮރާއި، ދޮރުފަތް ހަރުކުރުމުގެ މަސައްކަތް:

 

  • ކުރެހުމުގައިވާގޮތަށް ޢިމާރާތުގައި ބަހައްޓަންޖެހޭ ދޮރުތަށް ބަހައްޓަންވާނެއެވެ.
  • މި މަސައްކަތުގެ ތެރެއިން ހަރުކުރަންޖެހޭ ހުރިހާ ދޮރުތަކެއް ހަރުކުރަންވާނީ ފާރަށް އިސްކުރު ޖަހައިގެންނެވެ. އަދި ދޮރުގެ ދެފަރާތުގައި ރަނގަޅަށް ސިލްކޯން (ހުދު) އަޅާ ވޯޓަރޕްރޫފް ކުރަންވާނެއެވެ.
  • ކުދިދޮރުތަކާއި، ފެންލައިޓްތަކުގެ ދޮރުފަތްތަކުގެ ތެރެއިން ފަހުން ބިއްލޫރި ހަރުކުރަންޖެހޭ ގޮތަށްހުރި ދޮރުތަކާއި ފެންލައިޓް ތަކުގައި  ހުންނަންވާނީ ރަނގަޅަށް ޕެކިން ލައްވާފައެވެ. ތަންޑާއެކު އަތްގަނޑުހަރުކޮށްފައެވެ.
  • ދޮރުތަށް ހަރުކުރުމަށް ޖަހަންޖެހޭނީ "3 އިންޗި 8 ނަންބަރުގެ ސްޓެއިންލެސް ސްޓީލް ގެ އިސްކުރެވެ.
  • ފެންޑާއިން މިސްކިތަސް ވަންނަން އިންނަ ދެ ދޮރުގެ ހަތަރު ދޮރުފަތުގަ ޑޯކްލޯޒަރ ހަރުކުރަން ވާނެއެވެ. ޑޯކުލޯޒަރ ގަތުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  • ރޭނުމާއި ސިމެންތި ޖެހުމުގައި ހިލަވެލި ނުވަތަ ދިވެހިވެލި ބޭނުންކުރުމާއިމެދު މަސްޢަލައެއް ނެތެވެ.
  • މަސައްކަތް ނިމުމަށްފަހު މަސައްކަތުގެ ސައިޓް ރަނގަޅަށް ސާފުކޮށް ކައުންސިލުން ދައްކާތަނަކަށް ކުނިތައް އަޅަން ވާނެއެވެ.

ނޯޓު: މިމަސައްކަތައް ހުށައަޅާ އަންދާސީ ހިސާބުތައް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ވޭވަށު މިސްކިތުގެ ފެންޑާގެ ދޮރުތަށް ހަރުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް އޮންނަ އެންމެފަހު ގަޑީގައި އަންދާސީ ހިސާބު ހުށައެޅިފަރާތުން މީހަކު ހުންނަންވާނެއެވެ. މިގޮތައް މީހަކު ނެތެއްޖެނަމަ ނެއްފަރާތެއްގެ އަންދާސީ ހިސާބު ބާޠިލް ކުރުމުގެ އިހުތިޔާރު މިކައުންސިލަށް ލިބިގެން ވެއެވެ. ބިޑު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިޖެހި އެއްމިނެޓް ވުމުން ބިޑިން ބައްދަލުވުމަކަށް އިތުރުމީހަކު ނުވެއްދޭނެއެވެ. ގަޑިބަލާނީ ކައުންސިލް އިދާރާއިން އެކުލަވާލާފައިވާ ކޮމެޓީގެ އެންމެ އިސްކޮށް ހުންނެވި ބޭފުޅެއްގެ ގަޑިއެވެ. މި މަސައްކަތަށް ކޮންޕެނީތަކާއި އަމިއްލަ ފަރުދުންނަށްވެސްއަންދާސީ ހިސާބު ހުށަހެޅިދާނެއެވެ.

 

4-     ޢިމާރާތުގައި ޕުޓީލުމާއި ކުލަޔާއި ދަވާދުލުމުގެ މަސައްކަތް:

 

  • އަލަށް ރާނާ ސިމެންތިޖަހާ ތަންތަނުގައި ވޯލްސީލްލާ ޕްޓީޖަހާ އުމާންކުރަން ވާނެއެވެ.

 

5-     މަސައްކަތް ކުރަންޖެހޭ ގަޑިއާއި ސައިޓް ސާފުކުރުން:

 

  • ކޮންޓްރެކްޓަރ މަސައްކަތް ކުރަންވާނީ ނަމާދަށް މިސްކިތަށް އަންނަމީހުންނަށް އުނދަގޫ ނުވާގޮތަށެވެ.
  • ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓް ކުރިން މަސައްކަތް ހުއްޓާލަން ޖެހޭނެއެވެ. އަދި އަލުން މަސައްކަތް ކުރަންފަށަންވާނީ މަދުވެގެން 30 މިނިޓް ފަހުންނެވެ.
  • މަސައްކަތް ނިމުމުން މަސައްކަތާއި ހަވާލުވުމަށް ކަނޑައެޅިފައިވާ ސްޕަވައިޒަރައް ތަންދައްކާ، ސްޕަވައިޒަރ ރަނގަޅުކަމަށް ބުނެފިނަމަ އެމަސައްކަތާއި ކައުންސިލް އިދާރާއިން ހަވާލުވާނެއެވެ.
  • މަސައްކަތް ނިންމާ މަސައްކަތް ހަވާލުކުރާއިރު ހުންނަންވާނީ މިސްކިތުގެ އެތެރެ ހަޑިވެފައި ވާނަމަ ރަންގަޅަށް ސާފުކޮށްފައެވެ. އަދި ހަރުކުރާ ދޮރާއި ދޮރުފަތުގައި ސިމެންތި އުނގުޅިފައި ވާނަމަ އެލުމެނިއަމްގަނޑުގައި ކޫރު ނޭޅޭނެހެން އެލުމެނިއަމް ގަނޑުން ކުލަނުދާނެހެން ރަނގަޅަސް ސާފު ކުރަން ވާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

30 ޖަނަވަރީ 2023
ހޯދާ