އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

އ.ތ.މ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން.

އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީކޯސް ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން  މިކައުންސިލްގެ [email protected]  އީމެއިލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފާރާތުގެ ނަމާއި ވިޔަފާރި ރަޖިސްޓްރީ އަމިއްލަ ފަރުދެއްނަމަ އައިޑީކާޑް މެއިލް ކުރުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި ބީލަމާގުޅިގެން މަޢުލުމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. އަދި މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސްވާނީ އިޢުލާނާއެކީ ޢާންމު ކުރެވިފައެވެ.
  • ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

  • ބީލަން ހުޅުވުން އޮންނާނީ 08 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            08 ރަޖަބް 1444

30 ޖަނަވަރީ 2023
ހޯދާ