ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ކޭބަލް އެޅުމަށް ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް

މަގުބައްތި ކޭބަލް އެޅުމަށް ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް

   މިކައުންސލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަގުބައްތިޖެހުމަށް ބޭނުންވާ ކޯރު ކޮނެ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    ވީމާ ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 09 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވެރިފަރާތް ނޫން އެހެންފަރާތެއް ފޮނުއްވާނަމަ އެ މީހަކީ ވެރިފަރާތުން ފޮނުއްވާ މީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

30 ޖަނަވަރީ 2023
ހޯދާ