ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން

ބަނދަރު ސަރަޙައްދު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން

                                                         

ކޮޅުމަޑުލު ގުރައިދޫ ބަނދަރު ސަރަޙައްދު ޑިޒައިން ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ޑިޒައިން ކުރާއިރު ބަނދަރު ސަރަޙައްދުގައި ބެހެއްޓުމަށް ލޭންޑް މާރކެއް ޑިޒައިން ކުރުމަށާއި އެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ޕާރކެއް ނުވަތަ މައިޒާނެއް  ފަރުމާކޮށް ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިނެއްގެ ގޮތުގައި މި ކައުންސިލުން ކަނޑައަޅާ ޑިޒައިނަކަށް 3000.00 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ޑިޒައިން ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ޑިޒައިން ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:

  • އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މިންތަކާ އެއްގޮތްވާގޮތަށް ފަރުމާކުރުން.
  • ރަށުގެ ނަން / ލޭންޑް މާރކް / މޮނިއުމަންޓް ހަދަން ޖެހޭނީ ކޮން އެއްޗަކުން ކަން ބަޔާންކޮށްފައިވުން.
  • ސަރަޙައްދުގައި ބެންޗު / ހަޓް އަދި މީގެ އިތުރުން އެހެން ތަންތަން ވާނަމަ ބޭނުން ކުރާނެ މެޓީރިއަލްސް ބަޔާންކޮށްފައިވުން.
  • ޑިޒައިންގެ ޖޭ ޕީ ޖީ ނުވަތަ ޕީ ޑީ އެފް ފައިލް ފޮނުވުން.
30 ޖަނަވަރީ 2023
ހޯދާ