ދިވެހިރާއްޖެ
އުސޫލު ނަންބަރު: (IUL)320-PRM/320/2019/59 (ބ. އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު – 2019) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު
އުސޫލު ނަންބަރު: (IUL)320-PRM/320/2019/59 (ބ. އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު – 2019) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން
.3 (ހ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ރަށު ކައުންސިލް އިދާރާގެ ފަރާތުން 13 (ތޭރަ) މެމްބަރުންގެ މައްޗައް އެކުލެވޭ ކޮމިޓީއެއް އުފައްދަން ވާނެއެވެ. މިދެންނެވި ކޮމިޓީގައި ރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ 1 މުވައްޒަފާއި އާއްމުންގެ ތެރެއިން 05 (ފަހެއް) މެމްބަރުން ހިމަނަންޖެހޭނެއެވެ.
(ނ) މިކޮމިޓީގެ ކޯރަމަކީ، 07 (ހަތެއް) މެމްބަރުންނެވެ. މިދެންނެވި ކޮމިޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.
2. މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
______________