ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމްތަކުގެ ހުރި ހޮޅިބުރިތައް ބަދަލުކުރުމަށް

މި ސްކޫލުގެ ނަންބަރު: KS_B/2014/12 އިޢުލާނާ ގުޅިގެން ކްލާސްރޫމްތަކުގައި ހުރި ހޮޅިބުރިތައް ބަދަލުކުރުމަށް ކުރި އިޢުލާން، މަޢުލޫމާތު ދޭންވާ ދުވަސް ބަންދުދުވަސްވަރަކާ ދިމާވުމުން ބާޠިލުކޮށްފީމެވެ. ވީމާ، ތިރީގައި މިދަންނަވާ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތް: ކްލާސްތަކުގެ ހޮޅިބުރިތައް ބަދަލުކުރުން.

* ކުލާސްތަކުގައި ބޮކި ހަރުކުރަންވާނީ ކުރިން ހަރުކޮށްފައިހުރި ހޮޅިބުރިތައް ނައްޓައި، ކޮންމެ ހޮޅިބުރިއެއް ހުރިތަނުގައި 1 ހޯލްޑަރ ހަރުކުރުމަށްފަހުގައެވެ. 

 * ހޯލްޑަރ ހަރުކުރަންވާނީ ޝީޓު ނުތޮރުފާ ހޮޅިބުރި ހަރުކޮށްފައިހުރި ތަނުގައެވެ.

* ހޮޅިބުރި ނެއްޓި ތަންތަން ބައްދައި، އެތަންތާނގައި ނަންބަރު 1520 ނަންބަރުގެ ކުލައެވެ.  

 * ބޮކި ހަރުކުރަންވާނީ 25 ކުލާސްރޫމުގައެވެ. ކުލާހެއްގައި 8 ބޮކި ހަރުކުރަންވާނެއެވެ.

 * ކުލާސްތަކުގައި ހަރުކުރެވޭ ބޮކިވާންވާނީ މިވަގުތު ބާޒާރުން ލިބެންހުރި އެންމެ ރަނގަޅު ކޮލިޓީގެ ހޯލްޑަރ އަދި އެނަރޖީ ސޭވިން ބޮތްކަށެވެ.

 * ކުލާސްތަކުގައި ހަރުކުރާ ބޮކި ވާންވާނީ 40 ވޯލްޓްގެ ހުދުއަލި ލިބޭ ބޮތްކަށެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

 އަގު ހުށަހަޅުއްވާއިރު މަސައްކަތުގެ އަގާއި ޖީއެސްޓީ އަގު ވަކިން އެނގެން އޮންނަންވާނެއެވެ.

* ތަޖުރިބާ އިވެލުއޭޓްކުރުމުގައި ބެލެވޭނީ މިފަދަ މަސައްކަތެއް ނުވަތަ މިފަދަ މަސައްކަތާ ގުޅުންހުރި މަސައްކަތެއް ކޮށްނިންމުމަށްފަހު އެފަރާތަކުން ދީފައިވާ ލިޔުމަށެވެ.

* މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި އަންދާސީހިސާބުތައް ހުޅުވާ ވަގުތަށްވުރެ ފަހުން ލިބޭ އަންދާސީހިސާބުތައްވެސް ބަލައެއް ނުގަނެވޭނެއެވެ.

* ހުށަހަޅާ އެންމެ ކުޑައަގަށް މަސައްކަތް ހަވާލުކުރުން މަސައްކަތުގެ ވެރިފަރާތަށް ލާޒިމެއް ނޫނެވެ. މަސައްކަތް ހަވާލުކުރުމުގައި ބެލެވޭނީ އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާ ބީލަމުގައިވާ މަޢުލޫމާތަށެވެ.

މަޢުލޫމާތު ފުރިހަމަނުވާނަމަ، ލިބޭ ޕޮއިންޓް މަދުވާނެއެވެ. ހުށަހަޅާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތަށް ވާންވާނެއެވެ. ހުށަހަޅާފައިވާ މަޢުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތެއްކަން ސާބިތުވެއްޖެނަމަ، އެފަރާތެއްގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.

މަސައްކަތުގެ އަގަށް                  %65

މަސައްކަތްކުރެވިދާނޭކަމުގެ ޤާބިލުކަމަށް        % 10            

މަސައްކަތުގެ ތަޖުރިބާއަށް               % 10       

މަސައްކަތުގެ މުއްދަތަށް                % 10         

* ޕްރޮޕޯޒަލާއެކު ތިރީގައިމިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

- މިފަދަ މަސައްކަތެއް ކުރެވިދާނޭކަމުގެ މާލީ ޤާބިލުކަން އެނގޭނޭ ރަސްމީ ލިޔުން.

- މެނޭޖީރިއަލް ސްޓާފުންގެ މަޢުލޫމާތު.

- ބިޑުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން.

- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް. ( ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަ އެކަން އެނގޭނެ ލިޔުން )

- ގަވާއިދުން ޖީ.އެސް.ޓީ ދައްކަމުންދާ ކަމުގެ ރަސްމީ ލިޔުމާއި، ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީ.

- އިކޮނޮމިކް މިނިސްޓްރީގެ ލިޔުން.

- ބޭންކް ސްޓޭޓްމެންޓްގެ ކޮޕީ.

- އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް، ޕެންޝަނަށް މުވައްޒަފުންނަށް ފައިސާ ދައްކަމުންދާ ކަމުގެ ރަސްމީ ލިޔުން.

އަދި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 3328991، 7797965 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

22 ޞަފަރު 1436      

14 ޑިސެންބަރު 2014
ހޯދާ