ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ އަތިރިމަތި ސަރަހައްދުތަކުން ވަގުތީ ބިން ދޫކުރުން

ފެލިދޫ އަތިރިމަތި ސަރަހައްދުތަކުން ވަގުތީ ބިން ދޫކުރުން

                  'ފެލިދޫ އަތިރިމަތިން ބިން ބޭނުންކުރުމާއި އަދި އެބިމުން ފީނެގުމާއިބެހޭ އުސޫލު" މިކައުންސިލްގެ 2022 ވަނަ އަހަރުގެ 17 ވަނަ އާއްމު ޖަލްސާއިން ފާސްކޮށް ވަގުތީ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ކައުންސިލުން ބިން ދޫކުރުމަށް ނިންމާފައިވާ 3 ސަރަހައްދުވެސް ފާޙަގަކުރެވިފައިވަނީ ފެލިދޫ އިރުމަތީ ފަރާތު އަތިރިމަތިންނެވެ.

                ވަގުތީ ގޮތުން ބިން ދޫކުރާ ސަރަހައްދުތައް މިއިޢުލާނާއި އެއްކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާނެއެވެ. އަދި އަތިރިމަތިން ބިން ދޫކުރާ ގޮތާއި އެކަމަށް ފީނަގާގޮތުގެ ތަފްޞީލްތައް މިއިޢުލާނާއި އެއްކުރެވިފައިވާ 'ފެލިދޫ އަތިރިމަތިން ބިން ބޭނުންކުރުމާއި އަދި އެބިމުން ފީނެގުމާއިބެހޭ އުސޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އުސޫލުގެ ޖަދުވަލު 1 ގައިވާ "އަތިރިމަތިން ބިން ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރުއްވާ މިއިދާރާއަށް ހުށަހެޅުން އެދެމެވެ.

30 ޖަނަވަރީ 2023
ހޯދާ