ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ތަނަކީ އެކަމަށް އެކަށޭނެ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ އުޞޫލު

 

ތަޢާރަފު

  1. 1.       

(ހ)

މިއީ ޢާއިލާއާބެހޭ ޤަވާއިދު 2022/R-99 (ޢާއިލާއާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލެވިފައިވާ އުޞޫލެކެވެ.

ނަން

 

(ށ)

މި  އުޞޫލަށް ކިޔާނީ، "ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ތަނަކީ އެކަމަށް އެކަށޭނެ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ އުޞޫލު" މި ގޮތަށެވެ.

އުޞޫލުގެ މަޤުޞަދު

  1. 2.       

މި އުޞޫލުގެ މަޤުޞަދަކީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭނެ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ތަންތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން ތަފްޞީލުކޮށް ބަޔާންކުރުމެވެ.

ކާވެނިކޮށްދޭ ގަޑިތައް

  1. 3.       

ކާވެނިކޮށްދޭ ގަޑިތައް

 

ރަސްމީ ދުވަސްތަކުގައި

ނުރަސްމީ ދުވަސްތަކުގައި

ކޯޓުގައި

13:00 – 14:00

-

ކޯޓުން ބޭރުގައި

16:00 – 21:00

16:00 – 21:00

(ހ) ރަސްމީ ދުވަސްތަކުގައި ކޯޓުގައި އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ގަޑިތަކާއި ނުރަސްމީ ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގަޑިތަކުގައެވެ.

 

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު، ކައިވެނި ކޮށްދޭނީ، ރަސްމީ ދުވަސްތަކުގައި ނަމަ ކޯޓުގައި 12:00 އިން 13:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކާއި ރަސްމީ ދުވަސްތަކުގެ ނުރަސްމީ ގަޑީގައި ނަމަ ކޯޓުން ބޭރުގައި 21:00 އިން 22:00 އަށެވެ.

(ނ) ދިމާވާ ޚާއްޞަ ޙާލަތެއްގައި، އެކަށީގެންވާ ސަބަބަކާއެކު ހުށަހަޅައިފިނަމަ، އެ ސަބަބަށް ރިޢާޔަތްކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަޑިތަކާއި ކައިވެނިކޮށްދޭ ތަން ބަދަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

ކާވެނިކޮށްދޭ ތަން

  1. 4.       

(ހ) އާންމުގޮތެއްގައި ކާވެނިކޮށްދެވޭނީ ކޯޓުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހެޅި ދާނެއެވެ.

ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ތަންތަނުގައި ހުންނަންޖެހޭނެ ޝަރުތު

  1. 5.       

(ހ) މި އުޞޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ތަނަކީ އަންނަނިވި ކަންކަން ފުރިހަމަވާ ތަނެއް ކަމުގައި ވާންވާނެއެވެ.

  1. އެ ތަނުގައި ކާވެނިކޮށްދޭ މައުޛޫނާއި ކޯޓުގެ އިތުރު ދެ މުވައްޒަފުންނާއި، ކާވެނިކުރަން އެދޭ ފިރިހެނާއި އަންހެނާގެ އިތުރުން ވަލީވެރިޔާ އާއި ދެހެކިން އިދީނދެ ތިބެވޭފަދަ ތަނެއްކަމުގައި ވުން؛
  2. އެ ތަނަކީ ކޯޓުގެ ފަރާތުން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރެވޭނެ ފަދަ މޭޒާއި ގޮނޑި ހުރި ތަނެއް ކަމުގައިވުން؛
  3. އެ ތަނަކީ އެކަށީގެންވާ އަލިކަމެއް ހުރި ތަނެއް ކަމުގައިވުން؛
  4. އެ ތަނަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ޝިއާރުތަކާއި، ނިޝާންތަކާއި ރަމްޒުތަކާއި އެފަދަ އެހެނިހެން ކަންކަން ދޭހަވާފަދަ ގޮތަކަށް ހުރި ތަނެއް ކަމުގައި ނުވުން؛
  5. އެ ތަނަކީ، އަޑުގަދަވުމުގެ ސަބަބުން، ނުވަތަ ކުރާ މަސައްކަތެއްގެ ސަބަބުން، ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުމަށް އުނދަގޫވެދާނެ ފަދަ ތަނެއްކަމުގައި ނުވުން؛
  6. މީގެ އިތުރުންވެސް، ކާވެނި ކުރުމަށް ތައްޔާރުކުރެވިފައިވާ ތަނުގައި ކަމެއް އިޞްލާޙުކުރަން ކޯޓުން އަންގައިފިނަމަ އެކަމެއް އިޞްލާޙުކުރަންވާނެއެވެ.
  7. 6.       

އުޞޫލަށް ޢަމަލުކުރަން ފެށުން

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 01 ފެބްރުއަރީ 2023 އިން ފެށިގެންނެވެ.

 

30 ޖަނަވަރީ 2023
ހޯދާ