ދިވެހިރާއްޖެ
އިޢުލާން
ޑޮކިއުމަންޓް ސްކޭނަރ ގަތުމަށް ބޭނުންވެއްޖެ
މި މިނިސްޓްރީއަށް 1 ޑޮކިއުމަންޓް ސްކޭނަރ ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2014/245 އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުން ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި ޑޮކިއުމަންޓް ސްކޭނަރ ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
17 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 11:00 ށް |
21 ޑިސެންބަރު 2014 (އާދިއްތަ) ދުވަހުގެ 11:00ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަމްބަރު ފޯނާއެވެ.
29 ޞަފަރު 1436