ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

                  ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި މަސައްކަތް ކުރުމަށް، ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް        ( މަސައްކަތު )

ބޭނުންވާ ޢަދަދު: 04 ( 18 އަހަރު ފުރި 65 އަހަރު ނުފުރޭ )

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރަ:

މުސާރަ ( މަހަކު ) -/3100 ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

އެލަވަންސް:

ސާރވިސް އެލަވަންސް: މަހަކު 1000.00 ރ ( އެއްހާސް ދުއިސައްތަ ރުފިޔާ )

މިނިމަމް ވޭޖްއެލަވަންސް: މަހަކު 1917.00 ރ (އެއްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 1200.00 ރ (އެއްހާސް ދުއިސައްތަ ރުފިޔާ)

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފަސާދެވޭނެއެވެ.

ޢާއްމުކޮށް މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް:

ހަފްތާއަކު 6 ދުވަސް، ދުވާލަކު 8 ގަޑީއިރު

ފެންވަރު ނުވަތަ ޝަރުޠު:

1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

2 . ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ސުޕވައިޒަރު ދޭ އިރުޝާދާއި އެއްގޮތަށް ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތްތައް ކުރުން
  2. ކުނިކޮށީގައި ކުނިއެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް ފިޔަވައި، ދެންހުރި ސަރަޙައްދުތަކާއި، ކުނިކޮށީގެ ވަށައިގެންވާ މަގުތައް ހަމަޖެހިފައިވާ އުޞޫލުން ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  3. އަންދައިގެން ނައްތާލަންޖެހޭ ކުނިތައް އަންދައިގެން ނައްތާލުމާއި އެނޫން ކުނިތައް ސުޕަވައިޒަރު ދޭ ލަފަޔާއި އިރުޝާދާ އެއްގޮތަށް ނައްތާލުން
  4. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ގޭގޭގައި އުފެދޭ ކުނި ވެހިކަލްގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދިއުން.
  5. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކުން އުކާލަންޖެހޭ ކުނި ހަމަޖެހިފައިވާ އުސޫލުން އުކާލުން 
  6. ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާ ކުނިވާޒާތުގެ ކުނި ނައްތާލުމަށްޓަކައި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުން
  7. ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ކުނި ނަގައި ވެހިކަލަށް ލޯޑު ކުރާއިރު ކުނިވަކިކުރުމަށް ސަމާލުކަން ދިނުން.
  8. ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ކުނި ވަކިކޮށް އެކަމަކަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދަކަށް އެޅުން
  9. އިޖްތިމާޢީ ސަރަޙައްދުތަކުން އުކާލަންޖެހޭ ކުނި ހަމަޖެހިފައިވާ އުސޫލުން އުކާލުން 
  10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 
  11. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  12. މީގެ އިތުރުންވެސް ކައުންސިލްގެ އިދާރާއިން ރާވައި ހިންގާ ނުވަތަ ކައުންސިލްގެ އިދާރާއިން ބައިވެރިވާ އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން އެވަގުތަކު ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން

 

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2023 ފެބްރުއަރީ 06 ން ފެށިގެން  5 ދުވަހުގެ މުއްދަތަށް  ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2023 ފެބްރުއަރީ 5 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. )

2 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

5 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތުން ބަޔާންކުރާ ފޯމް

ނޯޓް:  މި ވަޒީފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތަށްބަލައި މަސައްކަތައް ޤާބިލްނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް މުއްދަތު 1 އަހަރަށް އިތުރުކޮށްދެވޭނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

            ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

08   ރަޖަބް  1444

30 ޖަނަވަރީ 2023
ހޯދާ