ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު- ށ. ފުނަދޫ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ. ފުނަދޫ ޖެޓީ/ބަނދަރުން އެރަށުގެ ފެނަކަ ބުރާންޗަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 02 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރައްވާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ.
6 ވަނަ ފަންގިފިލާ
އެފް އެސް އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
29 ޖަނަވަރީ 2023
ހޯދާ