އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލްގެ ފެނާއި އަދި ވެލިކުޅޭ ސަރަހައްދުގައިހުރި ބައެއް ތަންތަން މަރާމާތުކުރުމާ، ދެފާޚާނާ ޢިމާރާތްކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2023 ފެބުރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުވާއްވާނެއެވެ.

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ފެބުރުވަރީ 07 ވާ އަންގާރަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ޕްރީސްކޫލްގެ ފެނާއި އަދި ވެލިކުޅޭ ސަރަހައްދުގައި ހުރިބައެއް ތަންތަން މަރާމާތުކުރުމާ،  ދެފާޚާނާ ޢިމާރާތްކުރުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަންވާނެ އެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 9636345 މިނަންބަރު ފޯނަށެވެ.

29 ޖަނަވަރީ 2023
ހޯދާ