ދިވެހިރާއްޖެ
އިޢުލާން ހެނބަދޫ މަސްޖިދުލް އައްވާބީގައި މުށިޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ހެނބަދޫ މަސްޖިދުލް އައްވާބީގައި މުށިޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 7 ރަޖަބު 1444 29 ޖަނަވަރީ 2023
|