ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

ނީލަން ކިޔުން

މި ކުންފުނީގައި ހުރި ބައުވެ ހަލާކުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

 

  • އިންޖީނު ޕެނަލްތަކެއް
  • މޯޓަރުތަކެއް
  • ބޮކިފަތި (ލެޑް)
  • ޗޭން އޯވަރ ސްވިޗް
  • ވެންޓިލޭޝަން ފޭން މޯޓަރުތަކެއް
  • ކޮންޓްރޯލް ކޭބަލް (މަލްޓި ކޯރ)
  • އޭ.ވީ.އާރު (އޭ.ބީ.ބީ ބްރޭންޑް)
  • ބެޓެރި އައިސޮލޭޝަން ސްވިޗް
  • ސެންސަރތަކެއް

ނީލަން ފެށޭ އަގު:

7,900.00ރ (ހަތްހާސް ނުވަސަތޭކަ ރުފިޔާ)

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

1,000.00ރ (އެއްހާސް ރުފިޔާ)

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2023 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 11:30 ގައި

އަގު ހުށަހަޅާނެ ތާރީޚް: 

2023 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ 30:11 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެ މަތީއަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/މާލޭ ޕަވަރހައުސް ގޯތިތެރެ

އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ         ފޯނު ނަންބަރު: 3338235 / 9737313 އަށެވެ.

29 ޖަނަވަރީ 2023
ހޯދާ