މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ވޯރކިން ޔުނިފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2022/106 (18 ޑިސެމްބަރ 2022) އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން އިޢުލާން ކުރުން

 

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހުގެ މުވައްޒަފުން ބޭނުންކުރާ ވޯރކިން ޔުނިފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2022/106(18 ޑިސެމްބަރ 2022) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީއާއި އަދި މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ، ނަންބަރު (IUL)14-PR/1/2022/106(18 ޑިސެމްބަރ 2022) އިޢުލާން ބާތިލު ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.  

ވީމާ،މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން،02ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު09 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް އޮންނަ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 

 ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލްއަށް  02 ފެބްރުއަރީ2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ. 

29 ޖަނަވަރީ 2023
ހޯދާ