ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން
މި ކޯޕަރޭޝަންގެ ނަންބަރު(IUL)RDC-HRM-RDC-2023-16 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އަލުން އިޢުލާން ކުރަމެވެ.
ދާއިރާ: |
ސަޕޯޓް ސްޓާފް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
މަހަކު -/4000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަޝްރޫޢުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބަރު މަސައްކަތްތައް ކުރުން. - މަސައްކަތް ކުރުމުގައި އެ މަސައްކަތް ކުރާ ރަށް ނުވަތަ ހިސާބުގަނޑުގެ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން. - މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ އެންމެހާ އާލާތްތަށް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން. - މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ސައިޓްތަކަށް ގެންދިޔުމުގައި އެތަކެތި އުފުލައި ބާލައި ހެދުން. - މަސައްކަތް ހިނގަމުންދާ ސަރަހައްދު ސާފުކުރުން. - ފަންނީ މުވައްޒިފުންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން. - ތަފާތު މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން. - އެހެނިހެން މުވައްޒިފުންނާއި ގުޅިގެން މަސައްކަތްކުރުން. - މަސައްކަތްކުރާ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު މަސައްކަތަށް އުދަނގޫ ނުވާނެހެން ބެލެހެއްޓުން. - ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުން. - މަސައްކަތުގެ މާހައުލުގައި އުފެދޭ ކުނި ގަވާއިދުން އުކާލުން ނުވަތަ އޮންނަ އުސޫލުތަކުގެ ތެރެއިން ނައްތާލުން - މަޝްރޫޢުއާއި ގުޅުންހުރި އެންމެހާ ކަންކަމުގައި ކޯޕަރޭޝަންގެ މުވައްޒިފުންނާއި ވެރިންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން. - މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ދާއިރާ: |
އެސިސްޓެންޓް ރޯޑް ކޮންސްޓްރަކްޝަންއޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
މަހަކު -/4000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓް ހިނގަމުންދާއިރު އަމަލީ ގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރިއަށްދާގޮތް ބަލައި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން. - މަސައްކަތް ހިނގަމުންދާއިރު ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން. - ސުޕަވައިޒަރ އަންގާ މަސައްކަތް ނިންމުމައްޓަކައި ބޭނުންވާ އެންމެހާ ސާމާނުތައް ސައިޓަށް ލިބިފައިވާކަން ކަށަވަރުކުރުން. - މުވައްޒަފުންނައް މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް ހުށައަޅައިގެން ހައްލުކުރުން. - ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިޔަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުން. - މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ދާއިރާ: |
އެސިސްޓެންޓް ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
މަހަކު -/4000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޑިޕާރޓްމަންޓްގެ ސްޓޮކުގެ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާރޓްމަންޓްއަށް ބޭނުންވާ ތަކެތި ހޯދާ ތަކެތި ދޫކުރުން. - ޑިޕާރޓްމަންޓްގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހާއި މަޢުލޫމާތުތަކާއި ރެކޯޑުތަށް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ތައްޔާރުކޮށް ފޮނުވުން. - ޑިޕާރޓްމަންޓަށް ލިބޭ ސިޓީ، ނޯޓް އާއި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތަށް ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން - ޑިޕާރޓްމަންޓުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ކުލި އަދި ސަބްކްރިޕްޝަން ފީތައް ކަނޑައެޅިފައިވާ ތާރީޙްތަކަށް ދައްކާ ބެލެހެއްޓުން. - ޑިޕާރޓްމަންޓްގެ އަދި ޑިޕާރޓްމަންޓުން ބަލަހައްޓާ ސައިޓް އޮފީސްތަކުގެ ޔައުމިއްޔާ ބެލެހެއްޓުން - ޑިޕާރޓްމަންޓްގެ އަސާސީ ޙިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުން. - ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ދިނުން. - ޑިޕާރޓްމަންޓްގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން. - މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ސުންގަޑި: |
މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
07 ރަޖަބް 1444
29 ޖަނަވަރީ 2023