ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން
މި ކޯޕަރޭޝަންގެ ނަންބަރު(IUL)RDC-HRM-RDC-2023-12 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އަލުން އިޢުލާން ކުރަމެވެ.
ދާއިރާ: |
އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
މަހަކު -/4000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް އެންގުން. - ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން؛ - މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން. - މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް މެނޭޖަރަށް ރިޕޯޓްކޮށް އެކަމެއްގެ ޙައްލުހޯދުމަށް މަސައްކަތްކުރުން. - މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ދާއިރާ: |
އެސިސްޓެންޓް އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް: |
މަހަކު -/4000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސްޓޭޝަނަރީ ސްޓޮކަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ފިނިޝްޑް ގުޑްސް ސްޓޮކަށް (މާލެ އަދި ތިލަފުށި) ތަކެތި ބަލައިގަތުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސެންޓްރަލް ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ތިލަފުށީ ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޓޫލްސް އަދި މެޝިނަރީސް ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމާއި، އެތަކެތި ދޫކުރެވޭ ގޮތުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސްޕެއަރ ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސްޓޯރުތަކުގައި މުދާ ތަރުތީބުކުރުމާއި ސްޓޯރުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުން. - ސްޓޯރުތަކުގައި މަސައްކަތްކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތްކުރުން. - ސްޓޮކްބާކީ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ތައްޔާރު ކުރުން. - ސްޓޮކްތަކުގެފިޒިކަލް ކައުންޓެއް ކަނޑައެޅިފައިވާ ތާރީޚްތަކުގައި ހަދާ ރިޕޯޓް ތައްޔާރުކުރުން. - ސްޓޮކާއި ގުޅޭ އެންމެހާ ލިޔެކިއުންތައް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން. - މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ދާއިރާ: |
އެސިސްޓެންޓް ސެކްރެޓޭރިއެޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
އެލަވަންސް |
މަހަކު -/4000 ރުފިޔާ |
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން. - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ފްރަންޓް އޮފީހަށް އަންނަ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތާއި ކަންކަން ފުރިހަމަކޮށްދީ، އެކަމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން. - ފްރަންޓް އޮފީހަށް އަންނަ ފޯންކޯލްތަކަށް ބޭނުންވާ މަޢުލޫމާތާއި ކަންކަން ފުރިހަމަކޮށްދީ، އެކަމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން. - އިންފޯ މެއިލްއަށް އަންނަ މެއިލް އަދި އެހިނެހިން ލިޔެކިއުންތައް ކަމާއިގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދިނުން. - އޮފީހަށް އަންނަ ލިޔެކިއުންތަކުގެ އަސްލު ސްކޭން ކުރުމަށްފަހު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. - އޮފީސް އެސިސްޓެންޓުންގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން. - އެކިއެކި މުއައްސަސާތަކަށާއި އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކުއުންތައް އެފަރާތްތަކަށް ފޮނުވުން. - މީޓިންގ ރޫމްތައް، ސެމިނަރ ރޫމްތައް އަދި ކްލާސްރޫމްތައް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން. - ހެޑްއޮފީސް ޢިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ރާވާ ބެލެހެއްޓުން. - މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ސުންގަޑި: |
މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
07 ރަޖަބް 1444
29 ޖަނަވަރީ 2023