ދިވެހިރާއްޖެ
މަޤާމު: ރިސާރޗް އޮފިސަރ
ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
ޝެކްޝަން: ރިސާރޗް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް
އަދަދު: 1
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- އާރކިޓެކްޗަރ ނުވަތަ އާރބަން ޕްލޭނިންގ / ޑިޒައިން ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހުޅުމާލޭގެ އާރބަން ޕްލޭނިންގ އަދި ތަރައްޤީ ކުރުމުގައި ހުރި ގޮންޖެހުންތައް ދަނެގަނެ، ދިރާސާތައް ކުރުން.
- ހުޅުމާލޭގެ އާރބަން މާސްޓަރ ޕްލޭން ރިވިއު ކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
- ޕްލޭނިންގ އަދި ޑިވެލޮޕްމަންޓްގެ ގައިޑްލައިންތައް ރިވިއު ކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
- ހުޅުމާލޭ ތަރައްޤީ ކުރުމުގެ ޕްލޭންތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ސަރުކާރު މުއައްސަސާތަކާއި އެހެނިހެން ސްޓޭކް ހޯލްޑަރުންނާއި ވިލަރެސްކޮށްގެން ހޯދުން.
- އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރެވިދާނެ އައު ސިޔާސަތުތައް / ގޮތްތައް ހޯދާ ދިރާސާކުރުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރަމުން ދިއުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ދިވެހިރާއްޖޭގައި ގެދޮރު އިމާރާތްކުރުމާއި، ބިމާބެހޭ ޤާނޫނާއި، މިކަމާ ގުޅޭ ޕޮލިސީތަކާއި، ގަވާއިދުތަކާއި ސްޓޭންޑަރޑްތައް އެނގުން
- އިމާރާތްތަކުގެ ކުރެހުންތަކާއި، ސްޕެސިފިކޭޝަންސް، ގްރާފް އަދި ސްޓެޓިސްޓިކަލް ޑޭޓާ ކިޔަން އެނގުން.
- އޮޓޯކޭޑް / އެމް.އެސް. އޮފީސް / 3Dރެންޑަރިންގ / 3D މެކްސް ފަދަ ސޮފްޓްވެއަރތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
މުސާރަ: -/9480 ރ (އެލަވަންސްތަކާއެކު މަދުވެގެން -/15500 ރުފިޔާ ލިބޭނެއެވެ.)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
............................................................................................................
މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް 3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ
މާލެ، ދިވެހިރާއްޖެ ނުވަތަ ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު:3336755 ފޯނު: 3353535
ފެކްސް : 3335892 ފެކްސް : 3358892