ދިވެހިރާއްޖެ
މަޤާމު: މަސައްކަތު (ފިރިހެން)
ޑިޕާޓްމަންޓް: މުނިސިޕަލް ސަރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް
ސެކްޝަން: ސައިޓް އޮޕަރޭޝަން، ވާރކްޝޮޕް، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް
އަދަދު: 5
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
މަޤާމުގެ މަސްއޫލިއްޔަތު:
- ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި ރަށުތެރޭގެ އެކިތަންތަނުގައި ހުންނަ ކުނި އެއްތަނަކަށް ގެނެސް ކުނި ނައްތާލުމުގެ މަސައްކަތް ކުރުން.
- މީހުން ދިރިއުޅޭ ސަރަޙައްދުގައި ކުނިއެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.
- ގޮނޑުދޮށާއި ހޭޅި ސާފުކޮށް ބެލެހެއްޓުން.
- ޕޭވްމަންޓާއި ފުޓްޕާތުތަކުގައި ހުންނަ ވިނަތައް ނޮޅައި ސާފުކުރުމާއި ޕޭވްމަންޓަށް ވާގޮތަށް ހެދިފައިހުންނަ ގަސްތައް ކޮށައި ނެގުން.
- ޕޭވްމަންޓްތަކުގައާއި މަގުތަކުގައި ގާއެތުރުމަށް އެހީތެރިވެދިނުން
- މަގުތަކުގައި ތާރުއެޅުމާއި ދާވާދުލުން ފަދަ މަސައްކަތްތަކުގައި އެހީތެރިވެދިނުން
- މަޤާމާ ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެ ފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން
މުސާރަ: -/3670ރ (އެލަވަންސްތަކާއެކު މަދުވެގެން 7978/75ރ ލިބޭނެއެވެ.)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕްރޭޝަނުގެ މައި އޮފީހުންނާއި މާލޭ އޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ
މާލެ، ދިވެހިރާއްޖެ ނުވަތަ ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3336755 ފޯނު: 3353535
ފެކްސް : 3335892 ފެކްސް : 3358892