ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)10-F/10/2023/23 :ނަންބަރު
އިޢުލާން
ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ
މި އަހަރުގެ ޤައުމީ އިނާމުދިނުމުގެ ޖަލްސާ 2023 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ .އަދި މި ޖަލްސާގެ ސްޓޭޖުގެ
ބެކްޑްރޮޕް އަދި ސައުންޑާއި ލައިޓުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީ އިން ބޭނުންވެއެވެ.
ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން
މަޢުލޫމާތު ސާފުކުރެއްވުމާއި، ބީލަމުގައި ރަޖިސްޓްރީވެލެއްވުން އޮންނާނީ 2023 ފެބުރުވަރީ 1 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2023 ފެބުރުވަރީ 7 ވާ އަންގާރަ ދުވަހުގެ 13:30ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ފެބުރުވަރީ 1 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން
މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ހުޅުވާލެމެވެ.