ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރުން

މި ކޮމިޝަނުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ކުރި ނަންބަރު PSM/IUL/2014/91-ފ188 (25 ނޮވެންބަރު 2014) އިޢުލާނަށް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި 2014 ޑިސެންބަރު 7، 8 އަދި މާލޭގައި ހުރި ސަރުކާރުގެ އޮފީސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި 2014 ޑިސެންބަރު 9، 10، 11 ހަމަޖެއްސުމާ ގުޅިގެން، އެކަށީގެންވާ މުއްދަތެއް ދެވިފައިނުވާތީ، އެ މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު 2014 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 ޖަނަވަރީ 4 އިން 2015 ޖަނަވަރީ 15 އާ ދެމެދު މާލޭގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

18 ޞަފަރު 1436

10 ޑިސެންބަރު 2014
ހޯދާ