ދިވެހިރާއްޖެ
ޢިއުލާން
ވޭޖު މުވައްޒަފުންގެ ޕޫލް އެކުލަވާލުން!
ސިވިލް ސަރވިސް ގަވާއިދުގެ 9 (ވަގުތީ މުވައްޒަފުން) ވަނަ މާއްދާގެ 110 ("ވޭޖު އެމްޕްލޯއިމަންޓް" އުޞޫލުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް) ކަމުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވޭޖް އުޞޫލުން މަސައްކަތް ކުރާނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ.
އިސްވެ މި ދެންނެވި މުވައްޒަފުންނަށް އުޖޫރަ ކަނޑައެޅޭނީ ސަރުކާރުން މިނިވަން ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ ގަޑިއަކަށް 33.65 (ތިރީސް ތިން ރުފިޔާ ފަސްދޮޅަސް ފަސް ލާރި) މަގުންނެވެ. މިއިދާރާގެ މިއަހަރުގެ ވޯކް ޕްލޭނަށް އެދުވަސްވަރެއްގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ މިންވަރަށް ބަލައި މި ޕޫލްގެ ތެރެއިން މަސައްކަތްތެރިންނަށް މަސައްކަތްތައް ކަނޑައެޅޭނެއެވެ.
ވީމާ، ޕޫލުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުންތަށް ހުށަހަޅާނީ 2 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށެވެ. ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.