ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި، މި ސްކޫލުން ކުރި ނަންބަރު:GS01/2014/50 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ސްކޫލް ބޮޑުހޯލް އިމާރާތުގައި ހުރި ބޮޑުދޮރު ނަގައި، އަލުން ދޮރާއި ދޮރުފަތްޖެހުން.
- 03 ބުރި އިމާރާތުގެ ނަލަފިލާ އަދި ސީލިންގ އަޅައި މަރާމާތުކުރުން
- 01 ވަނަބުރީގެ ފާޚާނާތަކާ ދިމާއިން ހަލާކުވެފައިވާ ސީލިންގ މަރާމާތުކުރުން.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަތީގައިވާ 03 މަސައްކަތަށްވުރެ މަދުން މަސައްކަތްކުރުމަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.