ދިވެހިރާއްޖެ
އިޢުލާން
އޭދަފުށި ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން
މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާ ލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)320-ADHR/320/2023/5 (16 ޖަނަވަރީ 2023) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
އިޢުލާނުގައި ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ފެންނާތީ، ބީލަން ހުށަހެޅުމުގެ މުއްދަތު 12 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، 12 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
