ބީލަން ހުށަހެޅުމުގެ ދަޢުވަތު
ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން
މިރަށު ދެފަށްތޮށިން 1000 އަކަފޫޓްގެ 1 ބިމުގައި (ތެޔޮ ބިން 1) ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާގުޅިގެން މިކައުންސިލްގެ ނަމްބަރު (IUL)342/INDIV/2022/124 (26 ނޮވެމްވަރު 2022) ކޮށްފައިވާ އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 01 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިދެންނެވިފޯމް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ. މެއިލް ކުއްރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ. ނަމަވެސް އަމިއްލަ ފަރުދަކަށް ބިޑް އެވޯޑް ވެއްޖެނަމަ، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކުރަން ޖެހޭނެއެވެ.
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ. ނުވަތަ އަމިއްލަ ފަރުދެއްނަމަ، އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
- މި ބީލަން ބައްލަވާ ގަނެވޭނީ -/1000 ރުފިޔާއަށެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަން ބައްލަވާ ގަންނަ ފަރާތްތަކަށެވެ.
- މަތީގައި ދެންނެވިފައިވާ ނަމްބަރު އިޢުލާނާ ގުޅިގެން ކުރިން ބީލަމަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކުން އަލުން މިބީލަމަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 01 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ހުޅުވުން އޮންނާނީ 07 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
04 ރަޖަބު 1444
26 ޖަނަވަރީ 2022