ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެކްސް ކައިޓް ކެންވަސް ޕްރިންޓްކޮށް ސްޓޭންޑާއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ތިރީގައިމިވާ މަޢުލޫމާތާ އެއްގޮތަށް 165 އެކްސް ކައިޓް ކެންވަސް ޕްރިންޓްކޮށް، އެކްސް ކައިޓް ސްޓޭންޑާއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް (ހ.ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ) އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އެކްސް ކައިޓް ކެންވަސް އާއި ސްޓޭންޑާބެހޭ މަޢުލޫމާތު:

ކެންވަސްގެ ސައިޒް: 2 ފޫޓު ފުޅާ، 5 ފޫޓު ދިގު

އައިލެޓްސް: ބެނަރގެ ހަތަރު ކަނުގައި 4 އައިލެޓްސް ހަރުކުރުން  

ކުލަ: ދަނބު ކުލަ (އޮތޯރިޓީން ދޭ ޑިޒައިނަކަށް)

ސްޓޭންޑް: ދަގަނޑު ކަޅުކުލައިގެ ސްޓޭންޑް 'x5ފ'2

ޕްރޮޕޯޒަލް/އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:

  • މަސައްކަތުގެ އަގު
  • މަސައްކަތް ނިންމޭނެ މުއްދަތު
  • އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ވަނަވަރު/ޕްރޮފައިލް
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް

މި ބިޑް އެވޯޑްކުރުމުގައި ޕޮއިންޓު ދޭނެ މިންގަނޑު

  • އަގު: %50
  • ތަޖުރިބާ %25
  • މަސައްކަތް ނިންމޭނެ މުއްދަތު %25

ތަޖުރިބާގެ ލިޔުމަށް ޕޮއިންޓް ދޭނެ އުސޫލު:

  • 01 ލިޔުމާއި 04 ލިޔުމާ ދެމެދު 10 ޕޮއިންޓް
  • 05 ލިޔުމާއި 07 ލިޔުމާ ދެމެދު 15 ޕޮއިންޓް
  • 07 ލިޔުމަށްވުރެ އިތުރުވެއްޖެނަމަ 25 ޕޮއިންޓް

އިތުރު މަޢުލޫމާތު ހޯދުމަށް

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

19 ޞަފަރު 1436

11 ޑިސެންބަރު 2014
ހޯދާ