ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަދަރުސާގެ ނަންބަރު GS-86/2014/10ފ(03 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށް، އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. މި މަދަރުސާގައި ތިރީގައި މިދަންނަވާ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ.

1. އިސްކުރުބަރި ހިޔާކުރުން

2. ސްކޫލްހޯލް އިމާރާތުގެ ކްލާސްރޫމްތަކުގެ ސީލިންގ މަރާމާތުކުރުން

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

17 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 10:00 އަށް

22 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 10:00 އަށް

 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6500547 ފޯނާ ގުޅުއްވުން އެދެމެވެ.

19 ޞަފަރު 1436

11 ޑިސެންބަރު 2014
ހޯދާ