މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސިވިލް އިންޖިނިޔަރ
ބޭނުންވާ އަދަދު :1

މަހަކު -/7600 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

ޓެކްނިކަލް އެލަވަންސް -/3000 ރުފިޔާ (ފިކްސްޑް)

ރިސްކް އެލްވަންސް -/50 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް.

ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް.

އެހެނިހެން އިނާޔަތްތައް

ސިވިލް އިންޖިނިއަރިން  ދާރިރާއިން ޑިޕްލޮމާ ހާސިލުކޮއްފައިވުމާއި އެކު މަސައްކަތާއި ގުޅުން ހުރި ދާއިރާ އަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން.

ޝަތުރު

ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ސްޓްރަކްޗަރތަކުގެ ތަފްސީލީ ކުރެހުންތަކާއި، ޑިޒައިންތަކާއި، ސްޕެސިފިކޭޝަންތަކާއި، ކޮމްޕިއުޓަރ މޮޑެލްތައް ތައްޔާރުކުރުން.

ކަމާބެހޭ ފަރާތްތަކުން ހުށަހަޅާ ސްޓްރަކްޗަރަލް ޑިޒައިންތަކާއި ކުރެހުންތައް މުރާޖަޢާކޮށް ތަޙުލީލުކުރުން.

ކުންފުނީގެ މަޝްރޫޢުތަކަށް ޓީ.އޯ. އާރ ތައްޔާރުކުރުން.

ޕްރޮޖެކްޓް ޓީމްތަކާ ގުޅިގެން ކުރިއަށްދާ މަސައްކަތްތައް ކާމިޔާބުކަމާއެކު މޮނިޓަރކޮށް، ހިނގަމުންދާ ޕްރޮޖެކްޓްތައް ރިވިއުކުރުން.

ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ކޮންސަލްޓެންސީއާއި ފީޑްބެކް ސާބިތުކޮށްދިނުން.

ކުންފުނީގެ ޕްރޮޖެކްޓްތައް ޕްލޭނިންގ ސިސްޓަމްތަކާއި، ލިޔެކިޔުންތަކާއި، ޕްރޮޖެކްޓްގެ ކޮލިޓީ އެޝުއަރެންސް އެންޑް ކޮލިޓީ ކޮންޓްރޯލް (ކިއުއޭ/ކިޔުސީ) ވަކިވަކިން ރިވިއުކޮށް ރަނގަޅުކުރުން.

ދީފައިވާ މަސައްކަތްތައް/ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި އަމިއްލަ މަސައްކަތާއި ނުވަތަ ޓީމް ޓާސްކްތަކާ ގުޅޭގޮތުން އެތެރޭގެ އަދި ބޭރުގެ ސްޓޭކްހޯލްޑަރުންނާ ކޯޑިނޭޓްކޮށް މުއާމަލާތްކުރުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ވަގުތު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ފެސިލިޓީސް މެނޭޖްމަންޓް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން

2023 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ސުންގަޑި

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ފެބުރުވަރީ 10 އާއި ފެބުރުވަރީ  28 ދެމެދުގައެވެ.

އިންޓަރވިއު މުއްދަތު

މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް2023 ފެބްރުއަރީ  02 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ އޮފީސް

https://jobs.port.mv/

ޖޮބް ޕޯޓަލް ލިންކް

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ވަޒީފާއަށް އެޕްލައި ކުރާއިރު އެމްޕީއެލް ޖޮބް ޕޯޓަލް މެދުވެރިކޮށް ނޫން ގޮތްގޮތައް ލިބޭ އެޕްލިކޭޝަންތައް ބާތިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޖަނަވަރީ 2023
ހޯދާ