ދިވެހިރާއްޖެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ހއ. ވަށަފަރުގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް ހއ. ވަށަފަރުން ކުއްޔަށް ދޫކުރާނެ ތަނެއް ހޯދަން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2023/10) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
- 03 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.
- މަދުވެގެން 03 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން.
- މަދުވެގެން 03 ފާޚާނާ ހުރުން.
- އެޕާޓްމެންޓްގެ 01 ކޮޓަރި ނުވަތަ ސިޓިންގް ރޫމް ސައިޓް އޮފީސް ހެދުމަށް ބޭނުންކުރެވުން.
- މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދައި ސެކިއުރިޓީ ރަނގަޅުތަނަކަށް ވުން.
- އުނދުން އަދި ހިފާ ގެންގުޅޭ ސާމާނާއި، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ހުރުން.
- އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެ ހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
ހއ. ވަށަފަރު ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
10:30 |
31 ޖަނަވަރީ 2023 |
މައުލޫމާތު ސާފުކުރުން |
ހއ. ވަށަފަރު ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
10:30 |
02 ފެބްރުއަރީ 2023 |
އަގު ހުށައެޅުން |
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ. އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް