ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރު: IUL)138-ES2/138/2014/81)ފ(02 ޑިސެންބަރު 2014) އިޢުލާނުގައިވާ ސަރުކާރުގެ ފަރާތުން ހދ. ހަނިމާދޫގައި ޢިމާރާތް ކޮށްފައިވާ 70 ގެއަށާއި ހދ. ނޮޅިވަރަންފަރުގައި ޢިމާރާތް ކޮށްފައިވާ 52 ގެއަށް ވާރޭފެން ރައްކާކުރުމަށް ބޭނުންވާ ކަޅުހަން އެރަށްތަކަށް ގެންގޮސް، އެގެތަކުގައި އެހަންތައް ބޭނުންކުރެވޭނެގޮތަށް ހަރުކުރުމުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ފެނުގެ ދަތިކަމާ ގުޅިގެން އެއް ހަފުތާއަށް ސަރުކާރު ބަންދުވެފައިވާތީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ މުއްދަތު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004300 ފެކްސް:3004301
އީ-މެއިލް: [email protected]
23 ޞަފަރު 1436