މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޓް ޔާޑެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން

               ނ.ވެލިދޫ އިންޑަސްޓުރިއަލް ޒޯންގައި، 50,000 އަކަފޫޓުގެ ބޯޓް ޔާޑެއް ތަރައްޤީކޮށް، 30 އަހަރު ދުވަހުގެ މުއްދަތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

              އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ 1 ގަޑިއިރު ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑް ފޮތެއްގެ އަގަކީ -/2000 ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

              ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

 

އިންވެސްޓްކުރާ މިންވަރު

 

 

 

25%

 

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

 

 

(Benchmark Amount / Submitted Amount) x 25%

 

 

 

 

ތަރައްޤީކުރާނެ މިންވަރު

 

 

 

 

25%

  • މިބަޔަށް މާކްސް ދިނުމުގައި ބަލާނީ އެސަރަޙައްދަށް އެއްފަހަރާ އެހެލެވޭނެ އޮޑީގެ އަދަދަށާއި، އޮޑިދޯނިފަހަރު އެހެލުމުގެ ފެސިލިޓީޒް ހަމަޖެހިފައިވާ ގޮތްތަކަށާއި، އަދި މަރާމާތުކުރުމުގެ ވަސީލަތްތައް ހަމަޖެހިފައިވާ މިންވަރާއި މިފަދަ ކަންކަމަށެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ދެވޭނީ އެއްފަހަރާ އެހެލެވޭނެ އޮޑީގެ އަދަދު އެންމެ ގިނަ، އެންމެ ރަނގަޅު ފެސިލިޓީސް ހިމެނޭ އަދި މަރާމާތުކުރުމުގެ ވަސީލަތްތައް އެންމެ ރަނގަޅު ފަރާތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ބަހާލައިގެންނެވެ.

 

 

-Number of vessels x10%

 

- Types of Facilities x10%

 

- Maintenance Facilities x5%

 

 

 

 

ޙިދުމަތް ދޭން ފެށޭނެ މުއްދަތު

 

 

 

 

10%

  • މިބައިގައި ބަލާނީ ބިޑް ހުށަހަޅާ ފަރާތުން ބޯޓުޔާޑު ތަރައްޤީކޮށް، ހިންގަން ފެށޭނެ އެންމެ އަވަސްމުއްދަތަކަށެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ އަވަސް މުއްތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ %  މުއްދަތު މެދުގައި ބަހާލައިގެންނެވެ.

 

 

(Benchmark Period / Submitted Period) x 10%

 

 

ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް

 

 

5%

  • ހުރިހާ ފަރާތެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޔާޑު ތެރޭ އަަޅާނެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ  އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ފަރާތްތަކުގެ މެދުގައި ބަހާލައިގެންނެވެ.

 

 

 

Precautionary and safety facilities x5%

 

 

މަންފާ ލިބޭނެ ފަރާތްތައް

 

 

5%

  • · މިބަޔަށް މާކްސް ދިނުމުގައި ރަށުގެ އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް ލިބޭނެ ލުއިތައް، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވާލެވޭ މިންވަރަށް ބެލެވޭނެއެވެ.
  • · މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަބަޔަކަށް ފައިދާކުރާނެ ގޮތަށް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

Discounts for island vessels and Job opportunities x5%

 

 

 

 

 

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

 

 

 

 

 

5%

 

  • މިބަޔަށް މާކްސް ދިނުމުގައި، ރަށުގެ އިޖުތިމާޢީ ކަންކަމަށް ހޭދަކުރާނެ މިންވަރަށް ބެލެވޭނެއެވެ. މީގެ ތެރޭގައި ޞިއްޙީދާއިރާއަށާއި، ތަޢުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށާއި އަދި ރަށުގެ ކުނި މެނޭޖުކުރުން ފަދަ ކަންކަން ހިމެނެއެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް ހުށަހަޅާ އެންމެ ބޮޑުއަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

 

 

(Benchmark Amount / Submitted Amount) x 5%

 

 

އޭރިޔާގެ އަކަފޫޓަކަށް ކަނޑައަޅާ ފެށޭ އަގު

 

 

 

10%

  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އޭރިޔާގެ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ،
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Amount / Submitted Amount) x 10%

 

 

ކޮންމެ 5 އަހަރަކުން ކުލި ބަދަލުވާނެ މިންވަރު

 

 

 

 

5%

  • މިބައިގައި ބަލާނީ ކޮންމެ 5 އަހަރަކުން ކުލި ބަދަލުވާނެ މިންވަރަށެވެ. އެންބޮޑަށް އިތުރު ވުމެއް ގެންނަ ފަރާތަކަށް އެންމެ މަތިން މާކްސް ދެވޭނެއެވެ.ބިޑާއިއެކު ކުލި ބަދަލުވާނެ ޗާރޓެއް ހުށަހަޅަންވާނެއެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އިތުރުކުރާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Amount / Submitted Amount) x 5%

 

 

 

 

ގްރޭސް ޕީރިއަޑް

 

5%

 

  • ބިޑު ހުށަހަޅާފަރާތުން ކުލި ދެއްކުން ފަސްކުރުމަށް އެދޭ މުއްތަދަށް ބަލާ މިބޔަށް މާކްސް ދެވޭނެއެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ކުލި ދެއްކުން ފަސްކުރުމަށް އެދޭ އެންމެ ކުޑަ މުއްދަތަކީ  ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Year / Submitted Year) x 5%

 

 

 

 

ތަޖުރިބާ

5%

  • ކަނޑުމަތީގެ އުޅަނދުފަހަރު ބަނުމާއި، މަރާމާތްކުުރުމާއި ، އެހެލާ ބޭލުމުގެ ޙިދުމަތް ދިނުމާއި އަދި ކަނޑުމަތީގެ އުޅަނދުފަހަރުގެ އިންޖީނު މަރާމާތުކުރުމާއި ނުވަތަ މި ނޫންވެސް ގުޅުންހުރި ދާއިރާ.
  •  ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

 

 

 

 

(Submitted years of experience / Benchmark  years x 5%)

                      މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
26 ޖަނަވަރީ 2023
ހޯދާ