މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ގަރާޖެއް ހެދުން

ނަމްބަރ: (IUL)295-PR/295/2023/11

އިޢުލާން

                      

 

       ނ. ހޮޅުދޫ ކައުންސިލްގެ ޕިކަޕް ބޭއްވުމަށް ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުވެގެން މި އިދާރާއިން ކުރި އިޢުލާން ނަމްބަރ: (IUL)295-PR/295/2023/5  އާއި ގުޅިގެން ހުށައަޅާފައިވާ އެސްޓިމޭޓްތަކުގައި ބައެއް މައްސަލަ ހުރުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން 30 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް  10:30 ން 12:00 އާއި ދޭތެރޭ މިއިދާރާގެ ނަމްބަރ 6560009 އަށް ގުޅުއްވައިގެން ނުވަތަ މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އެސްޓިމޭޓް ހުށައެޅުން އޮންނާނީ  05 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ  11:00 ގައެވެ. އެސްޓިމޭޓްތައް  ކެނޑުން  އޮންނާނީ 05 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:05 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

       މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެސްޓިމޭޓް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

25 ޖަނަވަރީ 2023
ހޯދާ