ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮމިޔުނިޓީ މޮނީޓަރިންގް އެސިސްޓެންޓް

ކޮމިޔުނިޓީ މޮނީޓަރިންގް އެސިސްޓެންޓް
މުނިސިޕަލް ސާރވިސަސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން


ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

 • މަސައްކަތް ކުރާ ފަރާތުން މަސައްކަތްކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލައި ޗެކުކުރުން.
 • އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރައްކާތެރިކަމާއި ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށްތޯ ބެލުން.
 • އެޗް.ޑީ.ސީ ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް ބީޗްފްރޮންޓް އަދި އެހެނިހެން ހަރަކާތްތަކާއި އިވެންޓްތައް ކުރިއަށްދޭތޯ ބަލާ ޗެކްކޮށް ރިޕޯޓް ކުރުން.
 • އެޗް.ޑީ.ސީ އިން ހުއްދަދީގެން ޕޭވްމަންޓް ގައު ނަގައިގެން ކުރާ ހުރިހާ މަސައްކަތެއް އިންސްޕެކްޓް ކޮށް ބެލެހެއްޓުން.
 • މަގު މަތީގައި ހުންނަ ޖަންގްޝަން ފަދަ ތަންތަނަށް ދިމާވާ މައްސަލަ ބަލައި ކަމާއި ގުޅޭ ފަރާތްތަކާއި ގުޅައިގެން އެކަންކަން ހައްލުކުރުން.
 • ހުޅުމާލެ ފޭސް 2 ގައި އިންސްޕެކްޝަނާއި ގުޅުން ހުރި އެންމެހާއި ކަންކަން ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

 • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
 • މުޢާމަލާތު ކުރުމުގެ ހުނަރު
 • ސަލާމަތީ ކަންތައްތައް ދަންނަ މީހެއްކަމުގައިވުން.
 • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (A0 , A1)ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

 

މުސާރަ: 11,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

 • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
 • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 01 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

25 ޖަނަވަރީ 2023
ހޯދާ