އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގެ މައިދޮރު އޮޓޯމެޓިކް ސްލައިޑިންގް ދޮރަކަށް ބަދަލުކޮށް އިންސްޓޯލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގެ މައިދޮރު އޮޓޯމެޓިކް ސްލައިޑިންގް ދޮރަކަށް ބަދަލުކޮށް އިންސްޓޯލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)URH/2022/65 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ 2 ވަނަފަހަރަށް މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް( ތާރީޚް: (މުއްދަތު) – 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން 2 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް

އީމެއިލް: [email protected] ފޯނު ނަންބަރ: 6583712

މައުލޫމާތު ދިނުން

ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެސުވާލެއް ފޮނުވަންވާނީ، 5 ފެބުރުވަރީ 2023 ވާ އާދިއްތަ  ދުވަހުގެ 13:00 ގެ ކުރިން ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.

އީމެއިލް: [email protected] ފޯން: 9650885

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޙް: 8 ފެބުރުވަރީ 2023 ވާ ބުދަ ދުވަސް ގަޑި: 13:00( މެންދުރު(

 

މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.

25 ޖަނަވަރީ 2023
ހޯދާ