ދިވެހިރާއްޖެ
މި ކައުންސިލް އިދާރާގައި ރަސްމީކޮށް ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ، ފަރާތްތަކަށް ހުޅުވާލަމެވެ.
1. ތަޢާރަފް
މިމުބާރާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ މ.މަޑުއްވަރީ ކައުންސިލް ރަމްޒުކޮށްދޭނޭ ރަސްމީ ލޯގޯއެއް ފަރުމާކުރުމެވެ. އަދި އެލޯގޯއާއި ގުޅުވައިގެން ރަސްމީ ދިދައެއް ފަރުމާކުރުމެވެ. ޑިޒައިން ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ތިރީގައިއެވަނީއެވެ. ހުށަހެޅޭ ޑިޒައިންތައް މ.މަޑުއްވަރީ ކައުންސިލް އިދާރާގައި މިކަމަށް ޚާއްސަ ކޮށްފައިވާ ކޮމިޓީއަކުން އިވެލުއޭޓްކުރާނެއެވެ. އަދި ކޮމިޓީގެ ރެކޮމެންޑޭޝަން ކައުންސިލް ގެ ބައްދަލުވުމަށް ހުށަހަޅާ ފާސްކުރެވޭނެއެވެ. ފާސްކުރެވޭ އެންމެ ކަމުދާ ލޯގޯއާއި ދިދަ ހިމެނޭ ޑިޒައިން ،މ.މަޑުއްވަރީ ކައުންސިލްގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ.
2. ބައިވެރިވެވޭނެ ފަރާތްތައް
މި މުބާރާތުގައި ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ.
3. ލޯގޯ / ޑިޒައިން ހުށަހެޅުމުގެ ޝަރުތުތައް
1) ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ. ހުށަހަޅާ ލޯގޯއަކީ މުޅިން އައު ، ލޯގޯއަކަށް ވާންވާނެއެވެ.ހުށަހަޅާ ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށްވެގެން ނުވާނެއެވެ.
2) ހުށަހަޅާ ލޯގޯއަކީ މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއަކަށް ވެގެން ނުވާނެއެވެ. ހުށަހެޅި ލޯގޯ އަކީ އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ހުށަހެޅި ފަރާތަކުންނެވެ.
3) ހުށަހަޅާ ލޯގޯއާއި ސޮފްޓް ފައިލް ވާންޖެހޭނީ ވެކްޓަރ ފައިލްއަކަށެވެ. އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.
4) ހުށަހަޅާ ލޯގޯގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ % 100 އަމިއްލަ އުފެއްދުމަކަށެވެ.
5) ހުށަހަޅާ ލޯގޯއިން މ.މަޑުއްވަރި ރަމްޒުކޮށް ދޭންވާނެއެވެ. މ.މަޑުއްވަރިއަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތް، ރަށުގެ ދިރިއުޅުން، ރަށުގެ ތާރީޚް ނުވަތަ ރަށުގެ މުޖްތަމަޢު ތަޞައްވުރުކޮށްދެންވާނެއެވެ.
6) ހުށަހަޅާ ލޯގޯގެ ރެސޮލިއުޝަން 600dpi ނުވަތަ އެއަށްވުރެ މަތިވަން ވާނެއެވެ.
7) ލޯގޯ ރީސައިޒްކޮށް ކުޑަ ކުރުމުން (20mm x 20mm ) ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލުގެއްލިގެން ނުވާނެއެވެ.
8) ހުށަހަޅާ ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ ، ޖާޒީ ، ލެޓަރހެޑް ، ސްޓާފް ކާޑު ، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ. ހުށަހަޅާ ލޯގޯއަކީ ލަކުޑި،ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
9) ލޯގޯގެ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއަކާއ، އަދި ކަޅާއި ހުދުން ( ބެލެކް އެންޑް ވައިޓް ) ވަރޝަންގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
10) ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
11) ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދ އެފޮންޓް ބޭނުން ކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.
12) ލޯގޯ އިން އަދި ލޯގޯގައި ބޭނުންކޮށްފައިވާ ކުލަތަކުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދެންވާނެއެވެ.
13) ލޯގޯ އާއިއެކު ބްރޭންޑިންގ (މޮކަޕް) ހުށަހަޅާ، ލޯގޯ ލެޓަރ ހެޑްގައާއި، ބިޒްނަސް ކާރޑްގައާއި، އީމެއިލް ސިގްނޭޗަރގައާއި، ސެޓްފިކެޓްތަކުގައިއާއި އަދި ޓީޝާރޓާއި ތޮފި ފަދަ ތަކެތީގައި ބޭނުންކުރުމުން ފެންނަން ހުންނާނޭ ގޮތް ހުށަހަޅަންވާނެއެވެ.
14) ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދެން ވާނެއެވެ.
15) ހުށަހަޅާ ލޯގޯ އާއި އެކު އެ ލޯގޯގެ ވީޑިއޯ ޕްރެޒެންޓޭޝަން އެއް ހުށަހަޅުއްވަންވާނެއެވެ.
16) މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ގިނަވެގެން 3 ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ލޯގޯ އާއެކު ހުށަހަޅަން ބުނެފައިވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.
17) ލޯގޯގައި މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ނަން ބޭނުންކުރަންވާނީ " މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ " މިހެންނެވެ. އިނގިރޭސި ބަހުންނަމަ
Secretariat of the Maduvvari Council, Meemu Atoll އެވެ.
18) ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ފެހިކުލައެވެ. އަދި އޭގެ އިތުރުން ރަތްކުލަ އަދި ހުދުކުލަ ބޭނުންކުރެވިދާނެއެވެ.
19) ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
4- ޑިޒައިން ހުށަހެޅުމަށް ކުރާ ޚަރަދު
ޑިޒައިން ތައްޔާރުކުރުމާއި ހުށަހެޅުމަށް ކުރާ ޚަރަދަކީ ޑިޒައިން ހުށަހަޅާ ފަރާތުން ކުރަންޖެހޭ ޚަރަދެކެވެ. އަދި އެފަރާތެއްގެ ޑިޒައިން ހޮވި މުބާރާތް ކާމިޔާބު ނުވިކަމުގައިވިޔަސް ޑިޒައިން ހުށަހަޅާ ފަރާތުން ކުރާ ޚަރަދަށް މ.މަޑުއްވަރީ ކައުންސިލުން ޒިންމާއެއް ނުނަގާނެއެވެ.
5- ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ ޑިޒައިންތަށް
- ލެޓާ ހެޑް އަދި ފުޓަރ ޑިޒައިން (ހެޑާގައި ދައުލަތުގެ ނިޝާން، ކައުންސިލްގެ ނަން ދިވެހިންނާއި އިނގިރޭސި އަކުރުން ހިމެނުން، އަދި ފުޓަރގައި ކައުންސިލްގެ ނަމާއި ފޯނު ނަންބަރާއި އަދި އީމެއިލް އެޑްރެސް ހިމެނުން)
- ބިޒްނަސް ކާޑް ޑިޒައިން (އިނގިރޭސިން)
- ސިޓީއުރައިގެ ބޭރު ޑިޒައިން ( A4 އަދި C5 ސައިޒަށް)
- ސްޓާފް ކާޑް އަދި ލޭންޔާޑް ޑިޒައިން
- ކައުންސިލްގެ ދިދަ
- ސޯޝަލް މީޑީއާ ޕޯސްޓަރ ޑިޒައިން
6-ލޯގޯ އާއި ޑިޒައިންތަކާއި އެކު ހުށަހަޅަންޖެހޭ ތަކެތި
1) ލޯގޯ އާއި ޑިޒައިންތަކުގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
2) ލޯގޯ އާއި ޑިޒައިންތައް ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ އާއި ޑިޒައިންތައް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
3) ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
4) ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ / ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
5) ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުމާއި ވީޑިއޯ ޕްރެޒެންޓޭޝަން.
6) ލޯގޯ ހުށައަޅާ ފަރާތަކީ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގްރާރް.
7) ލޯގޯ ފަރުމާކޮށްފައިވާ RAW ފައިލް ހުށަހަޅަންވާނެއެވެ.
7- ޑިޒައިން ހުށަހަޅާނެގޮތާއި ސުންގަޑި.
ޑިޒައިން ހުށަހަޅާނީ، މިކަރުދާހުގައި ބުނެފައިވާ ހުރިހާ ތަކެއްޗެއް ހަމަކޮށް އީމެއިލްކޮށްގެންނެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 11 ފެބުރުއަރީ 2023 ވަނަ ދުވަހުގެ މެންދުރު 13:30 އެވެ.
ތަކެތި ފޮނުވާނީ ތިރީގައިވާ އީމެއިލް އަށެވެ.
8- ލޯގޯ އިވެލުއޭޓްކުރުން
ޑިޒައިން އިވެލުއޭޓްކުރާނީ ކައުންސިލުން ކަނޑައަޅާ އެކުލަވާލާފައިވާ މިމަސައްކަތް ކުރިއަށް ގެންދާ ކޮމިޓީއަކުންނެވެ. ކޮމިޓީގެ އިވެލުއޭޝަން ރިޕޯޓް ( ޕޮއިންޓް ޝީޓާއެކު ) ރެކޮމެންޑޭޝަން ފާސްކޮށް ލޯގޯއާއި ދިދަ ފައިނަލް ކުރާނީ މ.މަޑުއްވަރީ ކައުންސިލްގެ މެމްބަރުންގެ ވޯޓާއިއެކު ކައުންސިލްގެ އާންމު ބައްދަލުވުމަކުންނެވެ.
ޑިޒައިން އިވެލުއޭޓްކުރުމުގައި ފުރަތަމަ ބަލާނީ 3 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަ ވޭތޯއެވެ. އަދި މި މަޢުލޫމާތު ލިޔުމުގެ 5 ވަނަ ނަންބަރުގައި ބުނެފައިވާ ޑިޒައިންތަކާއި 6 ވަނަ ނަންބަރުގައި ބުނެފައިވާ ތަކެތި ހަމަކޮށް ހުށަހަޅަންވާނެއެވެ. ދެން ބަލާނީ ޑިޒައިނުން ތަމްޞީލްކޮށްދީ ރަމްޒުކޮށްދޭ މެސެޖަށާއި، ޑިޒައިންގެ ހިތްގައިމުކަމަށެވެ. އެގޮތުން މާރކްސް ދިނުމަށް ކަނޑައަޅާފައިވާގޮތް ތިރީގައިއެވަނީއެވެ.
* ރަމްޒުކޮށްދިނުމާއި މެސެޖު %50
* ފަރުމާކުރުމުގެ ފުރިހަމަކަން %30
* ކުލަތައް ބޭނުންކޮށްފައިވާގޮތުގެ ފުރިހަމަކަން %20
އިވެލުއޭޝަން ޓީމަށް ކަމުދާ ޑިޒައިނެއް ނެތި މިމަސައްކަތް ކުރުމުގެ މަޤްޞަދު ޙާޞިލްނުވާނަމަ ހުށަހެޅޭ ޕްރޮޕޯސަލްތައް ބާޠިލްކުރެވޭނެއެވެ.
9- ޢިނާމް ދިނުން.
ޑިޒައިން ތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިންއަކަށް 5000.00 ( ފަސްހާސް ) ރުފިޔާގެ ފައިސާ ގެ އިނާމެއް ދެވޭނެއެވެ.
އިޢުލާންއާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6720039 ފޯނާ ގުޅުއްވުން އެދެމެވެ.