ދިވެހިރާއްޖެ
އިޢުލާން
2023 ވަނަ އަހަރުގެ މާރިޗު 7އިން 9ގެ ނިޔަލަށް ޖަރުމަންވިލާތުގެ ބާރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޓީ.ބީ ބާލިން ފެއަރ ގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ސްޓޭންޑްގައި ކަލްޗަރަލް ހަރަކާތް (ސަގާފީ ހަރަކާތާއި ފަސޭހައިން ތައްޔާރު ކުރެވޭ ދިވެހި ކެއުން ތައްޔާރުކުރުން) ހުށަހަޅާދޭނެ ފަރާތެއް ހޯދުމަށް 2023 ޖަނަވަރީ 14 ވަނަ ދުވަހު ކުރެވުނު އިޢުލާނަށް ( (IUL)MMPRC-PRO/1/2023/2) ޝަރުތު ހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2023 ފެބުރުވަރީ 2 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
3 ރަޖަބު 1444
25 ޖަނަވަރީ 2023