ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2023" އެކުލަވައިލުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދިނުމަށް އެކްސްޓަރނަލް ޓްރޭނަރުންގެ ޕޫލެއް އެކުލަވާލުމަށް މިކޮމިޝަނުގެ ނަމްބަރ: 188-HRS-IUL/2022/94 އިއުލާނަށް ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކުގެ ތެރެއިން ބައެއް ދާއިރާތަކަށް ކުރިމަތިލާފައިވާ ފަރާތްތައް މަދުކަމުން ދެވަނަ ފުރުޞަތަކަށް ހުޅުވާލަމެވެ. މިކޮމިޝަނުގެ ނަންބަރު: 188-HRS-IUL/2022/94 އިއުލާނަށް ކުރިމަތިލީ ފަރާތްތައް އަލުން މިއިއުލާނަށް ކުރިމަތިލާން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2022 ގައި ރަޖިސްޓްރީވެފައިވާ ބޭފުޅުން، 2023 ވަނަ އަހަރުގެ ޕޫލްގައި ރަޖިސްޓްރީ ވުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުން ފުދޭނެ ވާހަކަ ދެންނެވީމެވެ. |
|
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް: |
1- މެނޭޖްމަންޓް އެންޑް ލީޑަރޝިޕް 2- ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 3- ޕަބްލިކް އެޑްމިނިސްޓްރޭޝަން 4- ޕަބްލިކް ޕޮލިސީ 5- މީޑިއާ އެންޑް ޕަބްލިކް ސްޕީކިންގ 6- ޕްރޮޖެކްޓް ޕްރޮޕޯސަލް އެންޑް ރިޕޯރްޓް ރައިޓިންގ 7- ޕަރސަނަލް ޑިވެލޮޕްމެންޓް 8- އިންފޮމޭޝަން ޓެކްނޮލޮޖީ 9- ޕްރޮޖެކްޓް މެނޭޖްމަންޓް 10- ސައިކޮލޮޖީ 11- ސޮފްޓް ސްކިލްސް 12- ދިވެހި ބަސް 13- އިނގިރޭސި ބަސް 14- ޕަބްލިކް ރިލޭޝަންސް 15- ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް 16- ފައިނޭންސް މެނޭޖްމަންޓް 17- އިންޓަރނަލް އޮޑިޓް 18- ގަވަރނަންސް 19- ކަސްޓަމަރ ސަރވިސް 20- ސައިބަރ ސެކިއުރިޓީ 21- އޮޓޯކެޑް 22- ގްރެފިކް ޑިޒައިނިންގ 23- ސްޓްރޭޓީޖިކް މެނޭޖްމަންޓް 24- ކޮމްޕްލަޔަންސް އެންޑް އެތިކްސް 25- ހޮސްޕިޓާލިޓީ މެނޭޖްމަންޓް 26- ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިސިސް |
ޝަރުތު: |
ޚިޔާރު ކުރައްވާ ދާއިރާއަކުން ދަށްވެގެން ބެޗެލާރސް ޑިގުރީ ނުވަތަ ދާއިރާއިން ސަރޓިފައިޑް ލައިސަންސްއެއް ޙާޞިލްކޮށްފައިވުމާއެކު ކިޔަވައިދިނުން/ޓްރޭނިންގ ދިނުމުގެ ތަޖްރިބާ ލިބިފައިވުން |
މަސްޢޫލިއްޔަތު: |
1- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ޓްރެއިނިންގތައް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން 2- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ތާރީޚެއް/ތާރީޚުތަކެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުން |
އުޖޫރަ: |
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރެއިނިންގް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާނީ ގަޑިއިރަކަށް 200 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ. |
ޓްރޭނަރސް ހޮވުމުގައި ބެލެވޭނެ މައިގަނޑު ބައިތައް: |
- ލިބިފައިވާ ތަޢުލީމް - ކިޔަވައިދިނުމުގެ ތަޖްރިބާ އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެއަތޮޅެއްގެ ނުވަތަ އެއަތޮޅާއި ކައިރި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
- ފުރިހަމަ ކޮށްފައިވާ ފޯމް - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު - ތަޢުލީމީ ސެޓްފިކެޓްތަކުގެއާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް ކޮޕީސް - ލިބިފައިވާ ޓްރޭނިންގ ހިންގުމުގެ ނުވަތަ ކިޔަވައިދިނުމުގެ ތަޖްރިބާގެ ލިޔުންތައް |
ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް،ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |