މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire an Export and Import Agent for a period of 2 years

 

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި ފަރާތްތަކަށް ފޮނުވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ފަދަ ތަކެތި އެއަރޕޯޓަށް ގެންދިއުމާއި، އަދި ބޭރުގެ އެކި ފަރާތްތަކުން މިކޯޕަރޭޝަނަށް ފޮނުވާ ތަކެތީގެ ކަސްޓަމް ކްލިއަރެންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ފެބްރުއަރީ 01 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2023 ފެބްރުއަރީ 08 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮ ފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: To hire an export and import agent for the period of 2 years

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023 ފެބްރުއަރީ 07 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ހަސަން ޝަހީލް

މަޤާމް: ޖެނެރަލް މެނޭޖަރ، ޕްރޮކިއުމެންޓް

                                                 03 ރަޖަބު 1444

                                                 25 ޖަނަވަރީ 2023               

25 ޖަނަވަރީ 2023
ހޯދާ