ދިވެހިރާއްޖެ
ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވިފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރ (IUL)266-PR/266/2022/78 (29 މެއި 2022) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: |
|
ތަފްސީލް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސެޝަން |
01 ފެބްރުއަރީ 2023 (ބުދަ) |
10:15 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
09 ފެބްރުއަރީ 2023 (ބުރާސްފަތި) |
10:15 |
އަންދާސީ ހިސާބު ހުށަހެޅުން |
12 ފެބްރުއަރީ 2023 (އާދީއްތަ) |
10:15 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 25 ޖަނަވަރީ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.