ދިވެހިރާއްޖެ
މަޤާމު |
ވޮޗަރު |
ރޭންކް: އެސް.އެސް 1 |
އަދަދު |
1 (އެކެއް) |
|
މަސައްކަތްކުރަންޖެހޭ ތަން |
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު |
|
އަސާސީ މުސާރަ |
-/3100 ރުފިޔާ |
|
މިމަޤާމަށް ލިބޭ އެލަވަންސް |
ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ. |
|
އަސާސީ ޝަރުޠު |
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން. |
|
މަޤާމުގެ މަސްއޫލިއްޔަތު
|
1- ޑިއުޓީތަކަށް ބަރާބަރަށް ނުކުތުން 2- ޑިއުޓީކުރަންފެށުމުގެ ކުރިން ކޯޓުގެ ޢިމާރާތުގެ ދޮރުތައް ތަޅުލާފައިވޭތޯ ބަލައި ޗެކްކުރުމާއި، އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ޗެކްކުރުން. 3- ކޯޓުގެ ޢިމާރާތާއި ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން. 4- ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވެއްދުމާއި ތަކެތި ބޭރުކުރިޔަ ނުދިނުން. 5- ޢިމާރާތާއި ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ނުވަތަ ބަޔަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ، އެކަމުން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 6- މީގެ އިތުރުންވެސް ކޯޓުން އަންގާ މަސައްކަތްތައް އަންގައިފި ހިނދެއްގައި ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު) |
|
ސުންގަޑި |
25 ޑިސެމްންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މިކޯޓުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. |