ދިވެހިރާއްޖެ
ރާޑަރ ޓަވަރުގެ މަރާމާތު މަސައްކަތްކުރުން
އަންދާސީހިސާބު ބޭނުންވެއްޖެ
މިސަރވިސްގެ ބޭނުމަށް ހުޅުލޭ އިރުމަތީ ފަރާތުގައި ޖަހާފައިވާ ގަލްވަނައިޒްޑް އޭންގަލް ދަގަނޑުން ހަދާފައިވާ ރާޑަރ ޓަވަރ މަރާމާތުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ،
އިތުރު މައުލޫމާތު ހޯއްދެވުމަށް ލިޔުންތައް ފޮނުވާނީ 2023 ފެބުރުވަރީ 07 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މި [email protected] އީމެއިލް އަށެވެ. އަދި ސައިޓްވިސިޓަށް ދާން ބޭނުންވާ ބޭފުޅުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ދެފުށުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަމްބަރ މެއިލްކުރުމުން އިންތިޒާމް ހަމަޖެއްސައިދެވޭނެއެވެ.
ބީލަން ހުށަހެޅުން އަދި ހުޅުވަން ހަމަޖެހިފައިވަނީ 2023 ފެބުރުވަރީ 14 ވާ އަންގާރަދުވަހު ހެނދުނު 10:00 ގައި މިސަރވިސްގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.